ބައިވެރިޔާގެ ހިތްދަތިކުރުވަމުން ކަންބޮޑުވާން ޖައްސުވަމުން ލޭމައްޗަށް ދިއުމަށާ ހަކުރުބައްޔަށް ބޭސްކޮށްދިނަސް ލިބޭނެ ފަރުވާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބައިވެރިޔާގެ ހިތްދަތިކުރުވަމުން ކަންބޮޑުވާން ޖައްސުވަމުން ލޭމައްޗަށް ދިއުމަށާ ހަކުރުބައްޔަށް ބޭސްކޮށްދިނަސް ލިބޭނެ ފަރުވާއެއް ނެތް!

ބައްޔެއް ޖެހުމުން ބަލިޖެހުނީ ކީއްވެގެންކަން ނުއެނގިދާނެއެވެ. އެއްވެސް ކަންބޮޑުވުމެއް ނެތި ދިރިއުޅޭ މީހުންނަށްވެސް ބަލިތައް ޖެހެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ބަލިތައް ޖެހުމަށް ސަބަބުތަކެއް ހުރެއެވެ.  

އަދި މިދެބައްޔަކީވެސް އެބައްޔަށް ބޭސްކުރަންޖެހިއްޖެނަމަ ޞިއްޙީ ރަނގަޅު އާދަތައް ހިފެހެއްޓުމުގެ އިތުރުން ފިކުރުކުރަންޖެހުމާއި ދުރުހެލިވާންޖެހޭ ދެބައްޔެވެ. ހިތްދަތިވާނަމަ ފިކުރުކުރެވޭނެއެވެ. ކަންބޮޑުވެގެން ހުންނަންޖެހޭ ގޮތަށް ދިރިއުޅުމުގެ ކަންކަން ހުންނަނަމަވެސް ފިކުރުކުރެވޭނެއެވެ.  

އެހެންކަމަށްވާއިރު ލޭމައްޗަށްދާ ބަލި ހުންނަ މީހަކު އަބަދު ރުޅިއަރުވަމުން، ހިތްދަތިކުރުވަމުން އޭނާއަށް ބޭސްކޮށްދިނިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހަކުރު ބައްޔާއިމެދުވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ.  

ތިމާގެ ބައިވެރިޔާއަށް ނުވަތަ މައިންބަފައިންނަށް ނަމަވެސް ތިމާ ބޭސްފަރުވާކޮށްދޭންޖެހޭ އެއްވެސް މީހަކަށް މިއިން ބައްޔެއް ޖެހުމުން ކޮންމެ މީހަކު ނަމަވެސް ކަންބޮޑުވާނެއެވެ. ދެރަވެސްވާނެއެވެ. އަވަސް އަވަހަށް ޑޮކްޓަރަށް ދައްކައި ބޭސްފަރުވާކުރަންވެސް ފަށާނެއެވެ. ނަމަވެސް ވިސްނައި ނުލެވޭ ނުވަތަ ސަމާލުކަން ނުދެވޭ ކަމަކީ އެމީހުންނަށް ކަންބޮޑުވެ ފިކުރުކުރަން ނުޖެއްސުވުމެވެ. ހިތްދަތިވާނެ ކަންކަން ނުކުރުމެވެ.  

މިހައިތަނަށް ހޯދިފައިވާ ހޯދުންތަކަށްބަލާއިރު ކަންބޮޑުވާންޖެހުމަކީ އަދި ހިތާމަކުރަންޖެހުމަކީވެސް ހަށިގަނޑުގައި ހަކުރުގެ ލެވެލް އިތުވާކަމެކެވެ. ބޭސްކެއި ނަމަވެސް ކޮންޓްރޯލްކުރަން އުނދަގޫވާ ސަބަބެކެވެ.  

ފުރިހަމަ ޞިއްހަތެއްގައި ހުންނައިރުވެސް ހާސްކުރުވައި ކަންބޮޑުވާން ޖެއްސުވުމަކީ ދެވޭ އެންމެ ބޮޑު އެއް އަނިޔާއެވެ. އެކަމުގެ ސަބަބުން އެތައް ބަލިތަކަކަށް މަގުފަހިވެއެވެ. ޚާއްޞަކޮށް ލޭމައްޗަށްދިއުމާއި ހަކުރުބަލީގެ މީހުންނަށް މިމައްސަލަ ބޮޑުވެއެވެ.   

އުފާވެރިކަމާއި އެކުވެރިކަމާއިއެކު ދިރިއުޅެން އިސްލާމް ދީނުގައި އޮތީ މިކަންކަން ސައިންސްވެރިންނަށް މިއަދު އެނގުނު ނަމަވެސް އިންސާނުން އުފެއްދެވި އަދި އިސްލާމް ދީން ބާވައިލެއްވެވި ﷲ ތަޢާލާ މިކަންކަން އެންމެ ކުރިންފެށިގެން ރަނގަޅަށް ދެނެވޮޑިގެންވާތީއެވެ.  

ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. މިކަންކަން ނުއެނގޭތީ ނަމަވެސް މިކަންކަމަށް ސަމާލުކަން ނުދެވޭ މީހުން އަވަހަށް ސަމާލުކަންދޭށެވެ. ޝިފާލިބުން އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމުންނެވެ. 

މިއަދު އޮންލައިން