ޢަރަފާތުގައި ދިވެހި ޙައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޢަރަފާތުގައި ދިވެހި ޙައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިނާ އަދި ޢަރަފާތުގައި ދިވެހި ޙައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް، މުޠައްވިފްކަމުގައިވާ ރަވާފް މިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ، ދިވެހި ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގައި އެންމެ ފުރިހަމަ އަދި ފަސޭހަ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްގެންދާ 'ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025' ގެ ތެރެއިންނެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް އެވެ. އަދި ރަވާފް މިނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޒުހައިރު އަބްދުލް ހަމީދު ސަދާޔޯއެވެ.

މި އެއްބަސްވުމުގެ ދަށުން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ދިވެހި ޙައްޖުވެރިންނަށް މިނާ އަދި ޢަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ވަނީ އަމާޒުކޮށްފައެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ޙައްޖާޖީންނަށް، މިނާ އަދި ޢަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދިން އަހަރެވެ. މި އަހަރުގެ އެއްބަސްވުމާއެކު، ކުރިއަށް އޮތް ޙައްޖުގެ މޫސުމުގައި ވެސް އެ ފެންވަރު ދެމެހެއްޓުމަށް އަދި އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މިއަދު އޮންލައިން