ދިވެހިރާއްޖެއިން ވަނީ "ޓޫރިޒަމްގެ މުސްތަޤުބަލާ ބެހޭ ރިޔާޟް ޑެކްލަރޭޝަން" (Riyadh Declaration on the Future of Tourism) ފަށައިގަތުމުގައި ސަޢޫދީ ޢަރަބިއްޔާގެ ދުރު ރާސްތާ ވިސްނުންތެރި ލީޑަރޝިޕަށް ފުން ޝުކުރު ހުށަހަޅާފައެވެ.
މި މުހިންމު ރޯޑްމެޕް ބަލައިގަތުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ހޫނު މަރުޙަބާއެއް ވެސް ދަންނަވާފައި ވެއެވެ. މި ޑެކްލަރޭޝަނަކީ ޓޫރިޒަމް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި، ޑިޖިޓަލް އީޖާދުތަކާއި، ދެމިހުރުމާއި، މަސައްކަތްތެރިން ބިނާކުރުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުން ކުރިއެރުވުމަށް އަމާޒުކޮށްފައިވާ 11 ވަޢުދެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެކެވެ.
މިފަދަ ޑެކްލަރޭޝަނެއް ބަލައިގަތުމަކީ ޓޫރިޒަމް ދާއިރާ އިތުރަށް ހިމެނޭ (inclusive) އަދި މުސްތަޤުބަލަށް ތައްޔާރު ދާއިރާއަކަށް ހެދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދިވެހިރާއްޖެއިން ދެކެއެވެ. ޓޫރިޒަމްގެ މައްޗަށް ބަރޯސާވެފައިވާ ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން މިކަމަށް ޚާއްސަ އިސްކަމެއް ދީ ބަލައިގަނެއެވެ.