ކުޑަ ޢަމަލަކުން ގެއަށް ބަރަކާތް ލެއްވެވުން-: ޝައިޚް މުހައްމަދް ބާޖޫރް

ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުޑަ ޢަމަލަކުން ގެއަށް ބަރަކާތް ލެއްވެވުން-: ޝައިޚް މުހައްމަދް ބާޖޫރް

ޢާއިޝަތު ރަފާޙް ޢަލީ

 

އިޙްތިރާމްތެރި އަޚުންނާއި އުޚުތުންނޭވެ! ސުބުޙާނަﷲ! މިއީ އަހަރެމެންގެ ގޭބިސީއަށް ބަރަކާތް ގެނައުމުގެ ކިހާ ފަސޭހަ ގޮތެއްތޯއެވެ.

عن أنس رضي الله عنه قال: قال لي رسول الله صلى الله عليه وسلم: يا بني، إذا دخلت على أهلك، فسلم، يكن بركة عليك، وعلى أهل بيتك. 

ރަސޫލުﷲ އަނަސްގެފާނަށް ޙަދީޠްކުރައްވާފައިވެއެވެ:"ތިބާ ގެއަށް ވަންނައިރު ސަލާމްކިޔާށެވެ. ތިބާގެ އަހުލުވެރިންނަށް ސަލާމްކިޔާށެވެ. ނުވަތަ ގޭގައި އެއްވެސް މީހަކު (ފެންނަން) ނެތްނަމަވެސް ހަމައެކަނި ސަލާމްކިޔާށެވެ. އެއީ ތިބާއަށާއި ގޭގައި ތިބި އެންމެންނަށް ބަރަކާތް ލިބުމުގެ ސަބަބަކަށް ވާނެއެވެ."  

ގެއަށް ވަންނައިރު ސަލާމްކިޔުމުގެ މަތިވެރިކަން: 

"އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ" ބުނުމަކީ ގެއަށާއި އޭގެ އަހުލުވެރިންނަށް ބަރަކާތް ލިބުމުގެ ސަބަބެކެވެ.

މިއީ ގޭގައި މީހަކު ހުއްޓަސް ނުވަތަ ނެތަސް ކުރެވިދާނެ ކަމެކެވެ. 

(ސަލާމް ކިޔުމަކީ "އައްސަލާމް ޢަލައިކުމް ބުނުމެވެ. އެކަމަށް އަހުރެމެން ކިޔަނީ ސަލާމް ގޮވުމެވެ. ނުވަތަ ސަލާމް ކުރުމެވެ.)

 

- ޝައިޚް މުހައްމަދް ބާޖޫރް

 

މިއަދު އޮންލައިން