ރުޅިއަންނައިރަށް އަނބިން ނުވަތަ ފިރިން ދެން ތިމާއަށް ޙަރާމްކުރާ މީހުންނަށް މިޢާޔަތް ނުފެންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ރުޅިއަންނައިރަށް އަނބިން ނުވަތަ ފިރިން ދެން ތިމާއަށް ޙަރާމްކުރާ މީހުންނަށް މިޢާޔަތް ނުފެންނަނީ ހެއްޔެވެ؟

ކައިވެނިކުރުން ހުއްދަ މީހުންނާއި ޙަރާމް މީހުން ﷲ ތަޢާލާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެކަން އެނގިތިބެ އަންނަ ރުޅިއާއިއެކު އަނބިމީހާ ނުވަތަ ފިރިމީހާ ތިމާގެ މަންމަ ނުވަތަ ބައްޕަ އާއި އެބަ އެއްހަމަކުރެއެވެ. މަންމަ ނުވަތަ ބައްޕަ އާއި ކައިވެނި ޙަރާމްވުމުން ކަންކަންކުރާ ފަދައިން ކަންކަން އެބަ ޙަރާމް ކުރެއެވެ.  

އަހުރެންގެ ހިތަށް އަރަނީ އެމީހުންނަށް މިއާޔަތް ޤުރްޢާނުން ނުފެންނަނީ ހެއްޔެވެ؟  

يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ ﴿٨٧﴾‏ 

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި، اللَّه، حلال ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން حرام ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (87އަލްމާއިދާ: 87" 

މިއާޔަތުން އެނގޭ ގޮތުގައި ކުރިން މިބުނި ފަދަ ބަސްތައް ބުނާ މީހުން ވެއްޓިގެން އެދަނީ ހައްދަފަހަނައަޅައިދާ މީހުންގެ ތެރެއަށެވެ. ބަދަލުވެގެން އެދަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިގެންދާނެ މީހުންނަށެވެ. ހިތާމައަކީ މިފަދަ ކަންކަން ގިނަބައަކަށް ނުވިސްނޭކަމެވެ. އަހުރެން އެދެނީ ވަކިކަމެއްގައެއް ނޫނެވެ. ހަމައެއްވެސް ކަމެއްގައި މިއާޔަތުގައިވާ ފަދައިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލޭނެ މީހަކަށް ނުވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން