ޢުމުރުން ދުވަސްވާ ފަހުންވެސް އެމީހާ ގޮވައިގެން ދުނިޔޭގަ އުޅޭނެ މީހަކު ކައިވެނިކުރަން ހުށަހަޅައިފިނަމަ އޮތީ ކައިވެނިކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޢުމުރުން ދުވަސްވާ ފަހުންވެސް އެމީހާ ގޮވައިގެން ދުނިޔޭގަ އުޅޭނެ މީހަކު ކައިވެނިކުރަން ހުށަހަޅައިފިނަމަ އޮތީ ކައިވެނިކުރުން!

ކައިވެނި ނުކުރަން ނިންމަން ޖެހޭނީ ހަމައެކަނި ކައިވެނި ކުރެވޭނެ ގޮތެއް ނެތިގެން ނުވަތަ ކައިވެނިކޮށްގެން ދިރި އުޅެވެން ނެތް ޙާލަތެއްގައި އެމީހަކަށް ކަންކަން މެދުވެރިވެފައިވާނަމައެވެ. އެ ޙާލަތުގައި އެމީހާގެ ޙާލަތު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ޢުމުރުން ދުވަސްވެފައިވީނަމަވެސް އެމީހާ ގޮވައިގެން ދުނިޔޭގައި އުޅޭނެ މީހަކު ކައިވެނިކުރަން ހުށަހަޅައިފިނަމަ އޮތީ ކައިވެނިކުރުމެވެ. ނަމަވެސް ކައިވެނިކުރުމުގެ ކުރިން ހުރި މައްސަލަތަކަށް ދެމީހުން މަޝްވަރާކުރަންވާނެއެވެ.  

އިންސާނުން ދުނިޔޭގައި ލެއްވެވީ އަންހެނުންނާއި ފިރިހެނުން ކައިވެނިކޮށް އެކުގައި އުޅުމަށެވެ. އެކަކީ އަނެކާގެ އެހީތެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅުމަށެވެ. ވީމާ ދުނިޔަވީ ގޮތުން މަޖުބުރު ޙާލަތެއް އޮވެގެން މެނުވީ ކައިވެނި ނުކޮށް ޙުރުމެއް ނެތެވެ.  

އެއް ޞަހާބީއަކު ވިދާޅުވީ ތިމަންނާ ރޭގަނޑު އަވަހާރަފުޅު ނުލައްޕަވާނެ ކަމަށާއި ދެމިހުންނަވާނީ ރޭ އަޅުކަމުގައި ކަމަށެވެ. އަނެއް ޞަޙާބީއަކު ވިދާޅުވީ ތިމަންނާ ކޮންމެ ދުވަހަކު ހުންނަވާނީ ރޯދައަށް ކަމަށެވެ. ރޯދަ ހިއްޕެވުން ދޫނުކުރައްވަވާނެ ކަމަށެވެ. 3 ވަނަ ބޭކަލަކު ވިދާޅުވީ ކައިވެނި ނުކުރައްވަވާނެ ކަމަށެވެ. އަންހެނެއްގެ އެހީތެރިކަން ބޭނުންފުޅު ނުވާ ކަމަށެވެ.  

އެ 3 ބޭކަލުންގެ ވާހަކަފުޅަށްވެސް ރަސޫލް () ވަނީ ދެކޮޅު ހައްދަވައިފައެވެ. ޙަދީޘްފުޅު ކުރެއްވެވީ ﷲ ތަޢާލާއަށް އެންމެ ބޮޑަށް ބިރުވެތިވެވަޑައިގަންނަވަނީ ތިމަން ރަސޫލް () ކަމަށެވެ. ނަމަވެސް ތިމަން ކަލޭގެފާނު ރޭ އަޅުކަން ވެސް ކުރައްވަވާ ކަމަށާއި އަވަހާރަފުޅުވެސް ލައްޕަވާ ކަމަށެވެ. ރޯދަ ވެސް ހިއްޕަވާ ކަމަށާއި ރޯދައަށް ނުހުންނަވައި ދޫވެސް ކުރައްވަވާ ކަމަށެވެ. އަދި ކައިވެނިފުޅު ވެސް ކުރައްވަވާ ކަމަށެވެ. އަދި މިކަންކަން މިނޫން ގޮތަކަށް ކުރާނަމަ އެމީހަކީ ތިމަން ރަސޫލް ((ގެ ސުންނަތާއި ޚިލާފަށް އަމަލުކުރާ މީހެއް ކަމަށެވެ. (ތިމަން ރަސޫލް ()ގެ އުންމަތުން ބޭރުވެގެންވާ މީހެއް ކަމަށެވެ.  

މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވީ އެ 3 ބޭކަލުން އެވިދާޅުވީ މުސްލިމުން އަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ޚިލާފަށް އަމަލުފުޅު ކުރައްވަން އުޅުއްވުމުންނެވެ.  

ޤަޞްދުގައި ކައިވެނި ކުރުމަށް އިންކާރުކޮށް ކައިވެނި ނުކުރަން ނިންމުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ދުނިޔޭގައި އުފަލުގައި ދިރިއުޅެވޭނީ ކައިވެނި ނުކޮށް ހުރުމުން ކަމަށް ޤަބޫލުކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ގިނައިން އަޅުކަން ކުރުމުގެ ބޭނުމުގައިވެސް ކައިވެނި ނުކޮށް ހުރުމެއް ނެތެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން