ޢިބްރަތްތެރި ވާހަކަ: ސުވާލެއްވެސް ކޮށްނުލާ ހެޔޮލަފާ އަނބިމީހާއަށް ޝައްކުކުރި ފިރިއަކަށް ކަރުނައަޅަން ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޢިބްރަތްތެރި ވާހަކަ: ސުވާލެއްވެސް ކޮށްނުލާ ހެޔޮލަފާ އަނބިމީހާއަށް ޝައްކުކުރި ފިރިއަކަށް ކަރުނައަޅަން ޖެހުނު ގޮތުގެ ވާހަކަ-

ބައިވެރިޔާގެ ކިބައިން ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ޙަޤީޤަތް ނުބަލައި ސުވާލެއްވެސް ނުކޮށް ރުޅިއައުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. އުފެދޭ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންކަމުން މިގެނެސްދެނީ އަގުހުރި ފިލާވަޅަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކައެކެވެ.

އެއީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާ އާއިމެދު ޝައްކުތަކެއް އުފެދުނީ އަނބިމީހާގެ ކޮނޑަށް އަތްލައިގެން ފިރިހެނަކު ހުއްޓާ ދެފަހަރަކު ފެނުމުންނެވެ. އެމަންޒަރު ފެނުނީ ގެއާ ކައިރީގައި ހުންނަ ފިހާރައެއްގެ ކައިރިންނެވެ.  

މިފަދަ މަންޒަރެއް ފެނުމުންވެސް އެއީ ކާކުތޯ ބެލުމަށް އަނބިމީހާ އާއި ސުވާލެއް ނުކުރެއެވެ. ގެންދިއައީ މޮޅަށް ވަގުހިފަން މަސައްކަތްކުރަމުންނެވެ. އެއް ދުވަހަކު އަނބިމީހާ ފާޚާނާގައިވީ ވަގުތެއްގައި އަނބިމީހާގެ ފޯނު ރިންގްވާންފެށުމުން ނެގުމުން ފުރަތަމަވެސް ބުނީ ކާން އަންނަނީ ކަމަށެވެ. އެހެން ބުނެފައި ބޭއްވީއެވެ.  

ފިރިމީހާއަށް ޔަޤީންކުރެވުނެވެ. އެވާނީ އެމީހާއަށެވެ. އިންތިހާއަށް ރުޅިގަދަވެފައި ހުއްޓާ އަނބިމީހާ ފެނުމުން ދުރަށް ކޮއްޕައިލުމުން އަނބިމީހާ ވެއްޓުނުގޮތަށް ދިއައީ ކޯމާއަކަށެވެ.  

ކަންކަން އެނގުނު އިރު އަނބިމީހާގެ ކޮނޑުގައި އަތްލައިގެން ހުރީވެސް ފޯނުކުރީވެސް އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އޭނާއަކީ ބޭރު ޤައުމެއްގައި މަސައްކަތްކުރާ މީހެކެވެ. އެހެންވެ ފިރިމީހާއަށް ތަޢާރަފްނުވެ އޮތީއެވެ.  

ދެން އޮތީ އެންމެ ހިތާމަވެރިބައެވެ. އަނބިމީހާ އެއިރު އިނީ ބަލިވެއެވެ. ކޯމާގައި އޮންނަން ޖެހުމުން ދަރިފުޅުވެސް ވެއްޓި ދަރިފުޅުވެސް ގެއްލިގެން ދިއައީއެވެ. އަނބިމީހާ ހޭއެރީ 8 މަސްދުވަސްފަހުންނެވެ. ވާހަކަދެކެވޭ ގޮތްވުމުން މަޢާފަށް އެދި ރޮއި އާދޭސްކުރިއެވެ.  

"އަނބުިމީހާގެ ޖަވާބަކަށްވީ މާފުކޮށްފީމެވެ. ނަމަވެސް ގެއްލުނު ދަރިފުޅު ދެން ނުލިބޭނެދޯއެވެ! ޝައްކުކުރުމަކީ ފާފައެއްކަން އެނގޭއިރު ޝައްކުނުކޮށް އަހައިނުލީތީ ހިތާމަކުރަމެވެ. އަހަރެން މަޑުކޮށްގެން ހުރީ އެރޭ ގެއަށް ކާން ގެނެސް ދެމީހުން ތަޢާރަފްކޮށްދޭށެވެ! ކޮއްކޮ އަކީ އެންމެ ކުޑައިރުންސުރެ ފެންނައިރަށް ބައްދާލައި ކޮނޑަށް އަތްލައިހަދާ ކުއްޖެކެވެ. އޭނާ އަހަރެންގެ ގައިގާ އަތްލައި ހެދީ އެ އުޞޫލުންނެވެ."  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަށް މިވާހަކަފެނުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ކޯމާއަކަށް ދާން ނުޖެހުނު ނަމަވެސް އަޅުގަނޑަކީވެސް ހަމަ މިފަދަ ޝައްކެއްގައި އެތައް ދުވަހެއްވަންދެން ބޮޑެތި ޖިސްމާނީ އަނިޔާތައް ލިބުނު އަންހެނަކަށްވުމުންނެވެ. މިވާހަކައާއި އަޅުގަނޑަށް ދިމާވި ކަންކަމާއި ވަރަށް އެއްގޮތެވެ.  

އަޅުގަނޑު ތަފާތުކޮށް ކުރީ އެންމެ ކަމެކެވެ. އެއީ ފިރިމީހާއަށް އަޅުގަނޑަކީ ތެދުވެރިއެއްކަން އެނގުނު ދުވަހު ވަރިވުމެވެ. އަނިޔާތަކަށް އަޅުގަނޑު ކެތްކުރީ ކިތަންމެ ވަރަކަށް އަނިޔާކުރިނަމަވެސް ތެދުވެރިއެއްކަން ސާބިތުކޮށްދީފައި ނޫނީ ވަރިނުވާންވެގެންނެވެ.  

މިވާހަކަކިޔާ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ބުނެލަނަ އޮތީ މޮޅަށް ވަގުހިފުމަކީ މައްސަލައެއް ނޫނެވެ. ވަގުހިފަންވީވެސް މޮޅަށެވެ. މަޅީގައި ބައްދާލަންވީ އެންމެ ބާރަށެވެ. ނަމަވެސް ވަގު ނުހިފާ އަނިޔާ ނުކުރާށެވެ! އެއިރުން އެކުރެވެނީ މޮޅުކަމެއް ނޫނެވެ. އެންމެ ދަށުދަރަޖައިގެ ކަންތަކެވެ. އެންމެ ރަޙުމްކުޑަ އަނިޔާވެރިން ކުރާކަންތަކެވެ. މިވަރުން ފުދޭނެކަމަށް ހީކުރަމެވެ.

 

- އީނާ/ މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން