ފަށްކުރުމެއް-: ދާވުދުގެފާނުގެ ވާހަކަ- 6: ދާވުދުގެފާނަށް ބާވައިލެއްވި ފޮތް

ކިޔުމަށް ހޭދަވާނީ 5މ 9ސ
ފަށްކުރުމެއް-: ދާވުދުގެފާނުގެ ވާހަކަ- 6: ދާވުދުގެފާނަށް ބާވައިލެއްވި ފޮތް

ޢަލީ އިޙްޞާން ފިރާޤް

 

ދާވުދުގެފާނަށް ބާވައިލެއްވި ފޮތް:  

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން داود عليه السّلام އަށް ބާވައިލައްވައިފައިވަނީ ޒަބޫރެވެ. އެކަލޭގެފާނު އެފޮތުގައިވާ ހިދާޔަތާއި ޙުކުމްތަށް މީސްތަކުންނަށް އުނގައްނަވައިދެއްވިއެވެ. داود عليه السّلام އަށް ޒަބޫރު ބާވައިލެއްވި ވާހަކަ ބަޔާން ކުރައްވާ ނިސާ ސޫރަތުގެ ގެ 163 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚوَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا﴿١٦٣

މާނައީ: [نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.]

މިދެންނެވި ވާހަކަ އިސްރާ ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

 وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا ﴿٥٥

މާނައީ: [އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.]

ޒަބޫރުގައިވާ ބައެއް ކަންތައްތައް ކީރިތި ޤުރްއާނުގައިވެސް އަރަހުށި މާތް ބަޔާން ކުރައްވައިފައިވެއެވެ. ސޫރަތުލް އަންބިޔާއުގެ 105 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

وَلَقَدْ كَتَبْنَا فِي الزَّبُورِ مِن بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ ﴿١٠٥

މާނައީ: [ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަންރަސްކަލާނގެ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންރަސްކަލާނގެ صالح އަޅުންނަށެވެ].

 

(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)

 

 

 

 

މިއަދު އޮންލައިން