ބީއެމްއެލް މެދުވެރިކޮށް އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރުގެ އެކި މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބީއެމްއެލް މެދުވެރިކޮށް އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރުގެ އެކި މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ: ވަޒީރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ ކަމަށް ދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެެވެ.

3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އެ ބޭންކާ ބިން ހަވާލުކޮށްފައިވަނީ އިތުރު އެއްވެސް އަގެއް ނުހިމަނައި ކަމަށެވެ. އެހެންކަމުން، އެ ބޭންކުން އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި ހައުސިންގ މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުގެ ސަބަބުން އެކަން އެގޮތަށް ކުރުމަށް އަދުގެ ސަރުކާރަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު ކަށަވަރު ކުރުމަށް ސިޔާސަތުތައް ކަނޑައަޅައި، ކޮންމެ ޢާއިލާއަކަށްވެސް އަތްފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަން ތަނަވަންސްކޮށްދޭން މިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، "ކުރީ ސަރުކާރުން ވަރަށް ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވުމާއެކު ލޯނު ލިބުމުގައި ހުރިހާ ގޮތަކުންވެސް ދަތިކަމާވަނީ ކުރިމަތިވެފައި. އެހެންކަމުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު، އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފޯރުކޮށްދިނުން،" މިހާރުގެ ސަރުކާރުގެ އަމާޒުކަމަށެވެ.

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އިތުރަށް ވިދާޅުވީ، ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްއާ ބިން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ދަށުން ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ގިނަ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން