ޑްރަގު އެތެރެކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކަނޑައެޅިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ޑްރަގު އެތެރެކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކަނޑައެޅިގެންދާނެ: ރައީސް

މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވާއިރު، ޑްރަގު އެތެރެކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކަނޑައެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީން ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް ބޮޑު އަދަބު ދިނުމުގެ ބޭނުމަކީ، ޑްރަގުގެ ވިޔަފާރި ހުއްޓުވައި، ޑްރަގުގެ އަވާގައި ޖެހިފައި ތިބި ޒުވާނުންނަށް ފަރުވާދިނުމަށް ފޯކަސް ކުރުން ކަމަށެވެ. އެމަނިކުފާނު ވަނީ މިކަމުގައި ޒުވާނުން އުޅެން ބޭނުންފުޅުނުވާ ކަމަށް ފާހަގަކުރައްވާފައެވެ.

މި ސަރުކާރަކީ ޒުވާނުންނާއެކު އޮތް ސަރުކާރެއް ކަމަށާއި، ކޮންމެ ޒުވާނަކީ މުޖުތަމައަށް ހިދުމަތްކުރުމުގެ ގާބިލުކަން ލިބިފައިވާ އަބުރުވެރި ޒުވާނަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެމަނިކުފާނުގެ ބޭނުންފުޅަކީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން