ރެހެންދި އެވޯޑް 15 ފަރާތަކަށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 49ސ
ރެހެންދި އެވޯޑް 15 ފަރާތަކަށް ދީފި

އަންހެނުން ބާރުވެރި ކުރުވުމަށާއި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދޭ ޚާއްސަ އެވޯޑް ކަމަށްވާ "ރެހެންދި އެވޯޑް" 15 ފަރާތަކަށް ދީފިއެވެ. މި އެވޯޑަކީ 2024 އަދި 2025 ވަނަ އަހަރުގެ އެވޯޑު ހާސިލުކުރި ފަރާތްތަކަށް ހަވާލުކުރެވުނު އެވޯޑުތަކެވެ.

"ރެހެންދި އެވޯޑު" 2024 އަދި 2025 ހަވާލުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި މި ޝަރަފުވެރި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ. މި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީގެ ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.

ރެހެންދި އެވޯޑަށް ހުށަހެޅެނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. އެއީ ވަކިވަކި އަންހެންނުންނާއި، ޖަމުޢިއްޔާ ޖަމާޢާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި ހިމެނޭ މައިގަނޑު 4 ދާއިރާއަކީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.

2024 ވަނަ އަހަރުގެ ރެހެންދި އެވޯޑު ޙާޞިލުކުރި ފަރާތްތައް

2024 ވަނަ އަހަރު ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލާފައިވާ އިރު، މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވަނީ 5 ފަރާތަކުންނެވެ. މި ފަސް ފަރާތަކީވެސް އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑު ޙާޞިލުކުރި ފަރާތްތަކެވެ:

1. އަލްއުސްތާޛާ މަރްޔަމް އިނާޝާ، ކ. ކާށިދޫ، މާވިން

2. މަރްޔަމް މުރުޝިދާ، ތ. ވިލުފުށި، ތަނޑިރަތްމާގެ

3. އަސްމާ ޙަސަން، ހދ. ކުޅުދުއްފުށި, ހިކިފިނިފެންމާގެ

4. ޢާއިޝަތު ޠާއިފާ، ހދ. ކުޅުދުއްފުށި، ޓޯޓަލްގެ

5. ވިމެންސް އެންހޭސްމަންޓް (ވީ)، ލ.ފޮނަދޫ، ފުރުއްމާގެ

 

2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ޙާޞިލުކުރި ފަރާތްތައް

2025 ވަނަ އަހަރު ރެހެންދި އެވޯޑަށް 28 ފަރާތަކުން ކުރިމަތިލާފައިވާ އިރު، 10 ފަރާތަކުން ވަނީ ރެހެންދި އެވޯޑު ޙާޞިލުކޮށްފައެވެ. މި ފަރާތްތަކުގެ ތެރެއިން އެވޯޑު ޙާޞިލުކުރި ފަރާތްތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ:

 

އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ:

1. އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫ

2. އާމިނަތު އާދަމް ކޮއި، ދަފްތަރު ނަމްބަރު އާރް،އެސް 2823 / މާލެ

3. ޑރ. ރުޚުޝާނާ އަހުމަދު، މ.ހުދުކާނޭޝަން/ މާލެ

4. ސަފާތު އަހުމަދު ޒާހިރު، ހުޅުމާލެ ގޯތި 10228، /ހުޅުމާލ

5. ސަމީނާ އިބްރާހިމް، ދޫރެސް / ތ.ވިލުފުށި

6. ޘުރައްޔާ އިބްރާހީމް، މުރިނގު / ތ.ކިނބިދޫ

ލީޑަރޝިޕް އަދި ގަވަރނަންސްގެ ދާއިރާ:

7. އާމިނަތު ރީމާ ރަޝީދު، ހ.ލައިޓްސްޓަރ/ކ.މާލެ

8. އާމިނަތު ސޫޒަން ، ހ.ފަހަލަ/ ކ.މާލެ

 

އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ:

9. ޒަހިއްޔާ މުޙައްމަދު، މުރީދުގެ / އއ.އުކުޅަސް

 

އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ:

10. އާއިޝަތު ވަހީދާ، ފަރިމާގެ / ސ. ފޭދޫ

މިއަދު އޮންލައިން