ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެންޖެހިފައިވާ ކުދިން ބަލައިދިނުމަކީ ދަރިންލިބުމަށް މަގުފަހިވާކަމެއްކަން ތަޖުރިބާކުރެވުނު ދެމަފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެންޖެހިފައިވާ ކުދިން ބަލައިދިނުމަކީ ދަރިންލިބުމަށް މަގުފަހިވާކަމެއްކަން ތަޖުރިބާކުރެވުނު ދެމަފިރިއެއްގެ ވާހަކަ-

އެކުގައި ލޯބިން ދިރިއުޅުނަސް ދަރިން ލިބުން ލަސްވާ ޙާލަތުތައް ކުރިމަތިވުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. އެފަދަ ދެމަފިރިންނަށް ބުނެލަން އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރަމުންވެސް ކެރިފޯރުންތެރިކަން ހުރިނަމަ ނިކަމެތި ޙާލުގައިވާ ކުދިންނަށް އެހީތެރިވެދޭށެވެ. ގޭގައި ގެންގޫޅުވެން އޮތްނަމަ ގެންގުޅޭށެވެ. ދުޢާކުރުން ގިނަކުރާށެވެ.  

ތިރީގައިވާ ޙާދިސާގެ ވާހަކަވެސް ވިދާޅުވެލައްވާށެވެ!  

އަހަރެމެން ދެމަފިރިންގެ ކައިވެންޏަކީ މިޒަމާނަށް ބަލައިފިނަމަ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު ކައިވެންޏެކެވެ. 11 އަހަރުވީއިރުވެސް ލޯބީގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިރިއުޅެމުން ދިއައީ ހަމަ ވަރަށް އުފަލުގައެވެ.  

ނަމަވެސް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފައި އޮތެވެ. އެއީ ދަރިއަކު ނުލިބުމެވެ. ބޭސް ކިތަންމެ ވަރަކަށްވެސް ކުރެވުނެވެ. ދެއްކުނު ޑޮކްޓަރުންގެ ޢަދަދެއްވެސް ނުއެނގެއެވެ. ޓެސްޓްތައް ހަދާފައި ބުނަނީ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ބޭސްކުރަންޖެހޭ އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

ބޭސްފަރުވާ ކުރަން މަސައްކަތްކުރުމާއިއެކު ދުޢާވެސް ކުރަމުއެވެ. ވަގުތު ޖެހުމުން ދަރިން ދެއްވަވާނެ ކަމުގެ އުންމީދުވެސް ކަނޑައެއް ނުލަމުއެވެ. އެކަމަށް ޝައްކެއްވެސް ނުކުރަމުއެވެ.  

ދީނީ ޢިލްވެރިއަކާއި ބައްދަލުވެއްޖެނަމަވެސް މަޝްވަރާކުރަމުއެވެ. އެގޮތުން އެއްފަހަރު ބައްދަލުވި ޢިލްމުވެރިއަކު ވިދާޅުވީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރަމުން ދުޢާކުރަމުން އެހެން މީހުންގެ ދަރިންނަށް އެހީތެރިވުމަކީވެސް ކުދިން ލިބެން މަގުފަހިވާ ކަމެއް ކަމަށެވެ.  

ޝައިޚްގެ ބަސް ޤަބޫލުކޮށް އަޅުގަނޑުގެ ޢާއިލާގައި ހުރި އެންމެ ފަޤީރު ބޭބެގެ 2 ދަރިންގެ ހުރިހާ ޚަރަދެއް ބަލަހައްޓަންފެށީމެވެ. އަދި ދުވަސްކޮޅެއް ފަހުން ޢާއިލާ ގެނެސް ގޭގައި ގެންގުޅެންވެސް ފެށީމެވެ. އެކަމުން ބޭބެ ކުއްޔަށް ކުރާ ޚަރަދުކުރަން ނުޖެހުމުން ވެސް ބޭބެއަށް ތަނަވަސްކަން އިތުރުވިއެވެ.  

އެގޮތަށް އެކަންކުރިތާ އަހަރުވެސް ނުވަނީސް ބަލިވެ އިނދެއްޖެއެވެ. ލިބުނީވެސް އެއްމާބަނޑު ދެދަރިންނެވެ. ބޭބެގެ ޢާއިލާ ގެއަށް ގެނެވުނުކަންވީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުރެވުނު ކަމަކަށެވެ. ވިހައި ގަދަވުމުގައިވެސް އަދި އެއިގެ ފަހުންވެސް ބޭބެގެ ދެމަފިރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ދަނީ ލިބެމުންނެވެ.

އަޅުގަނޑުމެންވެސް މިއަދުނޫސް ކިޔަމެވެ. ޝާއިޢުކުރާ ޙަޤީޤީ ހާދިސާތައްވެސް ކިޔަމުއެވެ. އެހެންކަމުން ކިޔުންތެރިނަނާއި އަޅުގަނޑުމެންގެ ވާހަކަވެސް ހިއްޞާކޮށްލަން ބޭނުންވީއެވެ.

 

- ޝަރީފާ މަނިކެ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން