"ކުރިމަގު ސައްލާ" ބައްދަލުވުންތަކުގެ ތެރެއިން ގްރޭޓަރ މާލޭގެ ފަހު ބައްދަލުވުން ރޭ ހުޅުމާލޭ ގައި ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
"ކުރިމަގު ސައްލާ" ބައްދަލުވުންތަކުގެ ތެރެއިން ގްރޭޓަރ މާލޭގެ ފަހު ބައްދަލުވުން ރޭ ހުޅުމާލޭ ގައި ބާއްވައިފި

ރާއްޖޭގެ ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ބައްދަލުވުންތަކުގެ ތެރެއިން ގްރޭޓަރ މާލޭގެ ފަހު ބައްދަލުވުން ރޭ ހުޅުމާލޭ ގައި ބާއްވައިފި އެވެ.

މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގުޗާޓު ކުރަހަދޭނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ކުރިއަށްއޮތް 20 އަހަރަށް ވިލިމާލެއާއި ޤައުމުގެ ތަސައްވުރު އެކުލަވާލުމަށް ޚިޔާލާއި މަޝްވަރާ ދެއްވުމުގެ ފުރުސަތު ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.

"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާރުކުރަމުންދާ ޕްލޭނެކެވެ.

މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.

ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް، ރޭގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި މިވަނީ ނިންމާލާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން