އެންޓިމައިކްރޯބިއަލް ރެސިސްޓެންސަކީ ޞިއްޙަތަށާއި ކާނާއަށް އަދި އިޤްތިޞާދަށްވެސް ހުރި ނުރައްކަލެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެންޓިމައިކްރޯބިއަލް ރެސިސްޓެންސަކީ ޞިއްޙަތަށާއި ކާނާއަށް އަދި އިޤްތިޞާދަށްވެސް ހުރި ނުރައްކަލެއް: މެޑަމް ސާޖިދާ

އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރް) އަކީ ހަމައެކަނި ޞިއްޙީ މައްސަލައެއް ނޫން ކަމަށާއި، އެއީ ކާނާގެ ސަލާމަތާއި އިޤްތިޞާދަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެއވެ.

އެކަމަނާ މިކަން ފާހަގަކުރެއްވީ ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް އެވެއަރނެސް ވީކް ފާހަގަކުރުމާއި ގުޅުވައިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ އޭއެމްއާރްގެ ސަބަބުން ބަލިތައް ފަރުވާކުރުމަށް ދަތިވެ، ޢާންމު ޞިއްޙަތަށް ނުރައްކާވެ، ދިރިއުޅުމުގެ ޚަރަދު ބޮޑުވެގެންދާ ކަމުގައެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ދިވެހިރާއްޖެއިން ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކޮށް ތަންފީޒުކުރަމުންދާ، ޤައުމީ އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އެކްޝަން ޕްލޭންގެ މުހިންމު ދެ އަމާޒެއްގެ މައްޗަށް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެކަމަނާ ފާހަގަކުރެއްވި ދެ މުހިންމު އަމާޒަކީ އެންޓިބައޮޓިކް ބޭސް ޒިންމާދާރު ކަމާއެކު ބޭނުން ކުރުން އަދި ވަން ހެލްތައް އެއްބާރުލުން ދިނުން ކަމަށް ވިދާޅުވިއެވެ. އެންޓިބައޮޓިކް ބޭސް ރަނގަޅަށް ބޭނުންކުރުމަކީ އޭއެމްއާރް އުފެދުން ކުޑަކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

މެޑަމް ސާޖިދާ އިޝާރާތްކުރެއްވި ވަން ހެލްތަކީ، އިންސާނުންނާއި ޖަނަވާރުތަކާއި ތިމާވެށީގެ ޞިއްޙަތުގެ ގުޅުން ދެނެގަނެ، އެންމެންނަށްވެސް އެންމެ ރަނގަޅު ޞިއްޙީ ނަތީޖާތަކެއް ހޯދުމަށްޓަކައި އެއްބާރުލުންދީ މަސައްކަތްކުރާ އުސޫލެކެވެ. މި އުސޫލުގެ ދަށުން މަސައްކަތްކުރުމަކީ އޭއެމްއާރް ފަދަ ބޮޑެތި ޞިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މުހިންމު ކަމެއްކަން އެކަމަނާގެ މެސެޖްގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން