އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިނުގެ 11 ވަނަ ނަސީބުވެރިއަކަށް މުއުތަސިމް ފަހުމީއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިނުގެ 11 ވަނަ ނަސީބުވެރިއަކަށް މުއުތަސިމް ފަހުމީއަށް

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ އެގާރަވަނަ ނަސީބުވެރި ފަރާތަކަށް މުއުތަސިމް ފަހުމީ، ސ. މީދޫ ހޮވިފައިވާކަން އުފަލާއެކު އިއުލާންކޮށްފި އެވެ. މުއުތަސިމް އަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. . 

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.
ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް :.
އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.

މިއަދު އޮންލައިން