"ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް މާދަމާ ރޭ ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ސެޝަންގައި ޕޮޒިޓިވް ޕޭރަންޓިންއާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭނެއެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 އިން 22:00 އަށް އިސްރަށްވެހިންގެ ނާދީގައެވެ.
"ބެލެނިވެރިންގެ ހޮޅުއަށި"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.
މިސެޝަންގައި ބައިވެރިވުމަށް ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކޮށްލާށެވެ.
ހަބަރު: ސަރުކާރު