ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިއުލާންކޮށްފި

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ. މިކަމަށް ފުރަތަމަ އިޢުލާން ކުރެވުނީ މިދިޔަ ޖޫން މަަހުގެ 25 ވަނަ ދުވަހުއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިފަހަރު އަލުން ބީލަމަށް ހުޅުވާލަން ނިންމީ، ކުރިން ހުޅުވާލި ފުރުސަތަށް އެދެވޭ މިންވަރަށް ހުށަހެޅުންތައް ލިބިފައިނުވާތީ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) މީޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ބާރަށުގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ބީލަން ހުށަހެޅުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން އޮންނާނީ 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެވުޒާރާގެ އީމެއިލް އެޑްރެސްއަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު އީމެއިލް ކުރެއްވުން އެދޭ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 އެވެ. ބީލަން ހުށަހަޅުއްވަން ޖެހޭނީ އެ ވުޒާރާއަށް ހާޟިރުވެގެންނެވެ. ބީލަން ފޮތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިންނެވެ.

މިއަދު އޮންލައިން