ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް 1.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢު ދަނީ ކުރިއަށް: ތަޢުލީމީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް 1.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢު ދަނީ ކުރިއަށް: ތަޢުލީމީ ވަޒީރު

ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 1.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތަކަށް މިހާރުވެސް ދަނީ ކުރިއަށްދާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްކޫލްތަކަށް ބޭނުންވާ ތަރައްޤީ ގެނައުމަށް މި ސަރުކާރުން ކުރިއަށްގެންދަވާ މުހިއްމު މަޝްރޫޢުތަކެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ، ތައުލީމީ ދާއިރާގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކުރީ ސަރުކަރުން ހަވާލުކުރުމަށްފަހު 280 މިލިޔަން ރުފިޔާގެ ބިލު ނުދައްކާ އޮތްކަމަށެވެ. އަދި އެ ބިލުތަކާއެކު މިހާތަނަށް މި ސަރުކާރުން 600 މިލިޔަނެއްހާ ރުފިޔާ ބިލުތަކަށް ދައްކާފައިވާކަމަށް ޑރ. ޝަފީޢު ހާމަކުރެއްވިއެވެ.

މި ސަރުކާރުން ތަޢުލީމީ ދާއިރާގައި އަލަށް ފަށާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި 775 ކްލާސްރޫމްއާއި 35 ހޯލާއި 500އަށް ވުރެ ގިނަ ސަޕޯޓް ފެސިލިޓީސް ތަރައްޤީކުުމުގެ މަސައްކަތް ހިމެނެއެވެ. ވަޒީރު ވިދާޅުވީ މި ސަޕޯޓް ފެސިލިޓީސްތަކުގެ ތެރޭގައި ލައިބްރަރީތަކާއި ސްޓާފްރޫމްތަކާއި ފާޚާނާތަކާއި ލެބޯޓަރީތައް ހިމެނޭކަމަށެވެ. މިއީ ދަރިވަރުންނާއި މުދައްރިސުންނަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކެކެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ މިހާރުވެސް 1.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާކަމަށާއި، މިއީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެއް ކަމަށެވެ. މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ޒަމާނީ ފެންވަރުގެ ތަޢުލީމީ ވަސީލަތްތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން