އަނބިމީހާގެ ގޭގަ ލޯބިވެރިޔާ ފޮރުވައިގެންހުރެ ބޭވަފާތެރިނުވާކަމަށް ފިރިމީހާ ބުނަމުންދަނިކޮށް ބުޅަލެއްގެ ޙިކުމަތުން ބޭޒާރުކޮށްލި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަނބިމީހާގެ ގޭގަ ލޯބިވެރިޔާ ފޮރުވައިގެންހުރެ ބޭވަފާތެރިނުވާކަމަށް ފިރިމީހާ ބުނަމުންދަނިކޮށް ބުޅަލެއްގެ ޙިކުމަތުން ބޭޒާރުކޮށްލި ގޮތުގެ ވާހަކަ-

ބޮލުގައި ރިއްސާތީ އޮފީހުގައި ނުއިނދެވިގެން ތަންކޮޅެއް އަވަހަށް ގެއަށް އައިސް އަނބިމީހާއަށް ގެއަށް ވަދެވުނުއިރު ސިޓިންގރޫމްގައި ފިރިމީހާ ހުރިއިރު ލައިގެންހުރި ޖެކެޓާއި ޢަމަލުތައް ހުރިގޮތުން އަނބިމީހާއަށް ވަރަށް ތަފާތު ގޮތަކަށް އިޙްޞާޞްކުރެވުނެވެ. މިހައިތަނަށް ކުރެވެމުން އައި ޝައްކުތަކަކީ ޙަޤީޤަތެއް ކަމަށް ސިކުނޑިބުނަން ފެށިއެވެ. 

"ފިރިމީހާއެވެ! އަހުރެން ވަރަށް ކެތްކޮށްފީމެވެ. ކުރިމަތީގައި ބަހެއް ނުބުނަން ވަރަށް ހިފަހައްޓައިފީމެވެ. އެކަމަކު ތިބާގެ ޢަމަލުތަކަށް އަންނަމުންދާ ބަދަލުތަކަށް ކެތްތެރިވާން ހަދައިގެން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެއްޖެއެވެ. ފާއިތުވި 4،5 މަސްދުވަހު ތިބާ ސަމާލުކަންދިނީ އަހުރެންގެ ކޮން ކަމަކަށް ހެއްޔެވެ؟ 

އަހުރެންނަކީވެސް އަދި ޒުވާނެކެވެ. އިޙްޞާޞްތަކަކާއި ބޭނުންތަކެއް ހުންނާނެ ކަމާއި ފުއްދައިދޭން ޖެހޭނެކަން ތިބާއަށް ވިސްނުނު ހެއްޔެވެ؟ އެހެންވީމާ މިގޮތަށް އެކުގައި އުޅުމުގެ ބޭނުމެއް ނެތެވެ. ރީތިގޮތުގައި އަހުރެން ދޫކޮށްލާފައި މިގެއިންދާށެވެ! އަހުރެންނަށް އެއިރުން މިއެނދެވީ އެކަނިކަން ޤަބޫލުކުރެވި މަޑުމަޑުން ގޭގައި އިންނަން ފަސޭހަވާނެއެވެ."

ޖަވާބުގައި ފިރިމީހާ ބުންޏެވެ. "ލޯބިވާ އަނބިމީހާއެވެ! އަހުރެން ތިބާ އާއި ދުރުވާކަށް ބޭނުމެއް ނޫނެވެ. ތިބާ ވަރިކޮށްފައިދިއުމުގެ ވިސްނުމެއް ނެތެވެ. ހުރިހާ ކަމެއްވެސް އިޞްލާޙްކުރާނަމެވެ. އަހުރެން ތިބާއަށް ބޭވަފާތެރިއެއް ނުވަމެވެ. ދުވަހަކުވެސް ނުވާނަމެވެ. އަހުރެންގެ މަސައްކަތްތައް ހުރި ގޮތުން އިހްމާލްވެވުނީއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުކުރާނަމެވެ." 

އެހިސާބަށް ވާހަކަދެއްކުނުތަނާ ސޯފާގެ ފުރަގަހުން އަންހެނަކު ކިބިއްސެއް އެޅިއަޑު އިވުމުން އަނބިމީހާ ގޮސް ބަލައިލިއެވެ. ފެނުނީ ބަންޑުން އޮށޯވެ އޮތް އަންހެނެކެވެ. މޫނު ކައިރީގައި ގޭގައި ގެންގުޅޭ ބުޅާ އުޅެއެވެ. ބުޅާ އޭނާގެ މޫނުގައި ކޭތިގަތުމުން ނޭފަތަށް ކެހެރިއެއް ވަދެ ކިނބިއްސެއް އެޅުނީއެވެ. 

އަނބިމީހާއަށް ބުނެވުނެވެ. "ތެދުވާށެވެ! ރުޅިވެރިކަމެއް ނެތެވެ. ދެމީހުން އެކުގައި ގެއިން ނުކުމެގެންދާށެވެ. މިހާބޮޑަށް ވަފާތެރި ފިރިއަކާއިއެކު ހިނދުކޮޅަކުވެސް މަޑުކުރާކަށް ބޭނުމެއް ނޫނެވެ. ފިރިމީހާ ދެންމެވެސް އެބުނީ މިބުޅަލުގެ ވަފާތެރިކަން ކަމުގެ ވާހަކައެވެ. ބުޅަލުގެ ވަފާތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!" 

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ބޭނުމަކީ މިހައި ވަފާތެރި ފިރިން އަދި އަނބިންވެސް މިހާރު ވަރަށް ގިނަވެއްޖެ ވާހަކަ ބުނެލުމެވެ.   

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން