މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އިންތިޒާމުކޮށް، ވިޔަފާރި ފަސޭހަކުރުމަށް ހިންގާ 'އެކްސެލަރޭޓް ޓްރޭޑް ފެސިލިޓޭޝަން ޕްރޮގްރާމް (އޭ.ޓީ.އެފް.ޕީ)' ގެ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގައި ދެވަނަ "ޓައިމް ރިލީޒް ސްޓަޑީ (ޓީ.އާރު.އެސް)" މިއަދު އިފްތިތާޙްކޮށްފިއެވެ. "ޓައިމް ރިލީޒް ސްޓަޑީ 2025" އިފްތިތާޙްކޮށްދެއްވީ ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އަލްއުސްތާޒް ޢަބްދުﷲ ޝިޔާޒް އެވެ.
މި ރަސްމިއްޔާތުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ އާއި، އޭ.ޓީ.އެފް.ޕީގެ ކަންޓްރީ އެންޑް ޕްރޮޖެކްޓް ލީޑް އަރްމާން ޒަލިތޯވް އަދި ޓީ.އާރު.އެސް އާ ބެހޭ ވޯލްޑް ކަސްޓަމްސް އޮގަނައިޒޭޝަން (ޑަބްލިޔު.ސީ.އޯ) ގެ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަބަރު: ސަރުކާރު