ޢިބްރަތްތެރި ވާހަކަ: ކައިވެނީގެ ފުރަތަމަ އެނިވާސަރީ ރޭ ނަޙާލަށް ބަލިވެއިނދެ ވިހަން ތައްޔާރުވެފަ އިން ލޯބިވެރިޔާ ގޮވައިގެން އަނބިމީހާގެ ގެއަށް ދިއަ ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނީގެ ފުރަތަމަ އެނިވާސަރީ ރޭ ނަޙާލަށް ބަލިވެއިނދެ ވިހަން ތައްޔާރުވެފަ އިން ލޯބިވެރިޔާ ގޮވައިގެން އަނބިމީހާގެ ގެއަށް ދިއަ ފިރިއެއްގެ ވާހަކަ-

ލޯބިވެގެން ދެއަހަރެއްހައި ދުވަހު އެކުގައި އުޅުމަށްފަހު އެހެން އަންހެނުން ފަދައިން އަހުރެންވެސް ކައިވެނިކުރީ ވަރަށް ގިނަ އުންމީދުތަކަކާއެކުގައެވެ. ޢުމުރަށް އެކުގައި އުޅުވޭނެކަމާއިއެކުގައެވެ. ފިރީމީހާ ވަފާތެރިވާނެކަމުގެ އުންމީދުތަކާއިއެކުގައެވެ. ޢުމުރަށްވެސް ފިރިމީހާގެ ލޯބިލިބޭނެ ކަމުގެ އުނންމީދާއިއެކުގައެވެ. 

ކައިވެނީގެ ފުރަތަމަ މަސްދުވަހު އެކަންކަން ކޮންމެވެސް ވަރަކަށް ލިބުނެވެ. އުންމީދުކުރީ އެކުގައި ގިނަދުވަސްވާވަރަކަށް ކަންކަން ރަނގަޅުވަމުންދާނެ ކަމަށެވެ. ނަމަވެސް ގިނަދުވަސްވީވަރަކަށް ކަންކަން އައީ ގޯހުން ގޯހަށް ބަދަލުވަމުންނެވެ. އުންމީދުގެ ހުޅުކޮޅުތައް ފަނޑުވަމުންނެވެ. 

އެހެންކަމާއިއެކުވެސް ކެތްތެރިވާން މަސައްކަތްކުރީމެވެ. އަލަތު ކައިވެނިވުމުން ރޫޅާނުލައި ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރީމެވެ. އެހެން އިންދައި ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏަށް އަހަރުވެ އެންވާސަރީއެވެ.  

ބޭނުންވީ ރަނގަޅު ރެސްޓޯރަންޓަކަށް ގޮސް ކެއުމަށެވެ. ނަމަވެސް ފިރިމީހާ އެގޮތް ބޭނުންނުވުމުން ގޭގައި ރަނގަޅަށް ކައްކައިގެން ފިރިމީހާއަށް އިންތިޒާރުކުރީމެވެ. ސޯފާގައި އިންދައި ނިދިޖެހުނެވެ. ހޭލެވުނީ މީހަކު ދޮރުހުޅުވިއަޑަށެވެ. ފިރިމީހާ ފެނުމުން އުފަލާއެކު މަރުޙަބާކީމެވެ. ނަމަވެސް ފަހަތުން މާބަނޑު އަންހެނަކު ވަނުމުން ދިއައީ ސިއްސައިގެންނެވެ.  

ފިރިމީހާ ބުނީ އެއީ އޭނާގެ ދެބެއިންގެދެދަރި އަންހެނަކު ކަމަށާއި އިންތަނަށް ކުލިނުދެއްކި މަގުމަތިވުމުން ކުޑަދުވަސްކޮޅަކު މިގޭގައި ބައިންދާލަން ގެނައީ ކަމަށެވެ. އެއިރު ވިހަން ދާދިދާތްވެފައި ހުރުމުން ދެކޮޅު ނުހަދައި އެކަމަށް އެއްބަސްވީމެވެ.  

އެވަޤުތު ބެލްޖެހުމުން ގޮސް ދޮރުހުޅުވުމުން ފެނުނީ ރުޅިއައިސް ރަތްވެފައި ހުރި ފިރިހެނެކެވެ. އިޒުނަވެސް ނުހޯދައި ގެއަށް ވަދެފައި ބުންޏެވެ. "ބަލިވެއިނީ ނަޙަލާލަށްކަން އެނގިހުރެވެސް ކުރިއާދޭހަށް ލޯބިވެ ވިހައިގަދަވަންދެން ފްލެޓެއް ކުއްޔަށް ހިފައި އެތަނުގައި ބައިންދައިގެން ބުނިހާ ޚަރަދެއްކޮށްދިނީމާ އަންގައިވެސް ނުލާ ބަލިވެބޭންދިމީހާއާއިއެކު ފިލައިގެން އައިސްގެން ކަންބޮޑެއް ނުވަމެވެ. މިއައީ އެންމެ ބޭނުމަކުއެވެ. ތިއަ އަންހެނާގެ ޙަޤީޤަތް ބޭޒާރުކޮށްލާށެވެ! އަހުރެން އައި ބޭނުން މިފުދުނީއެވެ. ދެން މިދަނީއެވެ. އިތުރަށް ކަމެއް އޮޅުންފިލުވަން ބޭޜނުމިއްޔާ ---- ކޮންސްޓަރްކްޝަނަށް ފޯނުކޮށްލާފައި ވެރިމީހާ ކޮބައިތޯ ސުވާލުކޮށްލާށެވެ. ނެތްވަޤުތެއްނަމަ ގުޅާނެ ންނަބަރެއްދޭށެވެ."  

އެހެން ބުނެފައި އޭނާ ނުކުމެގެންދިއުމުން ފިރިމީހާ ބުނީ އޭނާ ދެއްކި ވާހަކަތައް ޤަބޫލުނުކުރުމަށެވެ. އެއީ ކޮއްކޮއާއިހެދި މޮޔަވެގެން އުޅޭ މީހަކު ކަމަށެވެ. އެހެން ބުނުމުން ދުވެފައި ބޭރަށް ނުކުމެ އޭނާއަށް ގޮވައި ގެނުވާފައި އެފްލެޓުގެ ވެރިމީހާގެ ނަންބަރު ދިނުމަށް އެދުމުން ނަންބަރުދީފައި އަދިވެސް ކަމަކު ބޭނުންވެއްޖެނަމަ ގުޅަންބުނެފައި ދިއައީއެވެ.

އަޅުގަނޑު އެނަންބަރަށް ގުލަންއުޅެންފެށުމުން ގުލަނީ ކީއްކުރަންތޯ ސުވާލުކުރީމާ ބުނީމެވެ. "ކުލިނުދައްކައިގެން މާބަނޑު އަންހެނަކު ފްލެޓުން ނެރެލިންތޯ ސުވާލުކޮށްލާށެވެ! ފިރިމީހާ ބުނީ އެދިނީ ފްލްޓުގެ ވެރިމީހާގެ ނަންބަރު ނޫންކަމަށާއި އޭނާގެ އެކުވެރިއެއްގެ ނަންބަރު ކަމަށެވެ. އެހެން ބުނީމާ ފްލެޓުގެ ވެރިމީހާގެ ނަންބަރުދިނުމަށް އަންހެން މީހާގެ ގާތުން އެދުނީމާ ޖަވާބެއް ނުދިނެވެ.  

އަޅުގަނޑު ބުނީމެވެ! "އެހެންވީމާ ފޯނުނުކުރިޔަސް ތިއަހަދަނީ ދޮގުކަން ޔަޤީންވީއެވެ. ވީމާ ކައިވެނީގެ އެންވާސަރީ ފާހަގަކުރަން ތިއަދިން ހަދިޔާއިން ފުދިއްޖެއެވެ. މާދަމާ ވަރިވާން ފޯމުލާނަމެވެ. ދެކަނބަލުން ޞުލްޙަވެރިކަމާއިއެކު މިގެއިން ނުކުމެވަޑައިގަންނަވާށެވެ! މިބުނީ ބުނެވޭނެ އެންމެ ރިވެތިކޮށެވެ." 

އަންހެން މީހާ ބުންޏެވެ! "މިއީ މީހެއްގެ ފިރިއެއްކަން އެނގުނީވެސް ބަނޑަށް ހަމަހުގައެވެ. ބުނަމުން އައީ އުޅެނީ އަމިއްލަ ގޭގައި ކަމަށާއި ވިހަން ގެއަށް ގެންދާނެ ކަމަށެވެ. ވިހައިގަދަވުމުން އެއަންތބަށް ކައިވެނިކުރާނެ ކަމަށެވެ." 

އަޅުގަނޑު ބުނީމެވެ. "ތިއަ މައްސަލަތައް ދެކަނބަލުން ޙައްލުކުރައްވާށެވެ! ތިއައީ އަޅުގަނޑާއި ބެހޭ މައްސަލައެއް ނޫނެވެ." އެހެން ބުނެފައި ދެމީހުން ނެރެލީމެވެ. އަދި ފިރިމީހާގެ އެއްޗެތި ބަލައިވެސް ނައުމަށާއި ބޭނުން ތަނަކަށް ފޮނުވައިދޭނެކަމަށް ބުނީމެވެ.  

އެއިގެ ފަހުން 2 އަަހރުވީއެވެ. ދެވަނަ ކައިވެނީގެ އަށްވަނަ އެންވާސަރީ ފާހަގަކޮށްފީމެވެ. ދިރިއުޅެމުން މިއަންނަނީ ހިތްފުރި އިތުރުވާވަރަށް އުފާލިބިގެންނެވެ.

 

- ޝިމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން