މާލޭގައި މިރޭ 21:15 ގައި ހަވާއަރުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
މާލޭގައި މިރޭ 21:15 ގައި ހަވާއަރުވަނީ

މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ލެމަންގްރާސް ސިޓްރޮން ސަރަހައްދުގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ހަވާ އެރުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:15 ގައެވެ. މި ހަވާ އެރުވުން ޖުމްލަ 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.

މިއީ ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން (SIFCO) ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ސިފްކޯއަކީ އެމްއެންޑީއެފްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ކޯޕަރޭޓިވްއެކެވެ. މިފަދަ ހިދުމަތްތައް ދިނުމަކީ އެ ކޯޕަރޭޓިވްގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.

އެމްއެންޑީއެފްއިން ދަނީ އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައި މިއީ ވިޔަފާރި އުސޫލުން ހަވާ އަރުވައިދެމުންނެވެ. އަދި ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް އެމްއެންޑީއެފްގެ ފަރާތުން ހަވާ އެރުވުން ކުރިއަށްގެންދެއެވެ.

މިއަދު އޮންލައިން