ދޮންބަންޑާރައިންގެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދޮންބަންޑާރައިންގެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި: ރައީސް

ދޮންބަންޑާރައިންގެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ފަޚުރުވެރި ހުރަވީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރު ފުރިފައިވެއެވެ. މިއީ ދިވެހި ތާރީޚުގެ އެންމެ މުހިންމު އެއް ހާދިސާއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި ވަނީ ޝުކުރުވެރިކަމާއެކު ދިރިދިރި ކަމަށެވެ. މި ޖިހާދުގެ ސަބަބުން ދިވެހި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ލިބުނު ހިތްވަރު ފާހަގަކުރައްވައި ރައީސް ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވެއެވެ.

މިއަދު އޮންލައިން