ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ދެން: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ދެން: މެޑަމް ސާޖިދާ

ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި ވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދިފާޢުކުރުމަށް ދޮންބަންޑާރައިން ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ޖިހާދަށް ފަޚުރުވެރިވާކަމަށާއި، އެކަމަށްޓަކައި ޝުކުރާއި ސާބަސް ދެއްވާކަމަށް ވިދާޅުވެފައެވެ. ދޮންބަންޑާރައިންނަކީ ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަޠަލެކެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ތަހުނިޔާ މެސެޖް ނިންމަވާލައްވަމުން، އެކަމަނާ ވަނީ ދިވެހީންނަކީ އަބަދުވެސް ޤައުމު އިސްކުރާ، މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރާ، ރަށްވެހި، އުފާފާގަތި ބަޔެެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ. މި ދުޢާގައި ވަނީ ދިވެހި ޤައުމަށްޓަކައި އަބަދުމެ ޤުރުބާންވާނެ ޖީލެއް އުފެއްދެވުން އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން