104 ހަފްތާ:މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި 53 ސްކޮލާޝިޕް ވަނީ އެވާޑް ކޮށްފައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
104 ހަފްތާ:މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި 53 ސްކޮލާޝިޕް ވަނީ އެވާޑް ކޮށްފައި

ވޭތުވެ ދިޔަ 2 އަހަރު ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި 53 ސްކޮލާޝިޕް ވަނީ އެވާޑް ކޮށްފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި 2024 ވަނަ އަހަރު 11 ބެޗެލަރސް ޑިގްރީ، 6 މާސްޓަރސް ޑިގްރީ، 1 ޕީ.އެޗް.ޑީ ވަނީ އެވާރޑްކުރެވިފައެވެ. އަދި، 2025 ވަނަ އަހަރު 02 ބެޗެލަރސް ޑިގްރީ، 3 މާސްޓަރސް ޑިގްރީ އެވޯޑްކޮށްފައިވެއެވެ. ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ޓްރާންސްފޯމް މިޕްރޮޖެކްޓާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި އެކު މަސްވެރިކަމާއިބެހޭ ޑިގްރީ ޕްރޮގްރާމް ފެށުމަށް ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރު ސެޕްޓެމްބަރ މަހުއެވެ.

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކާ މަސްވެރިކަމާއިބެހޭ ޑިގްރީ ޕްރޮގްރާމްގެ ފައުންޑޭޝަން ޕްރޮގްރާމްވެސް 2026 ވަނަ އަހަރު ފެށުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން ދިވެހިރާއްޖެއިން ވަނީ މަސްވެރިކަން މެނޭޖްކުރުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޖީ-16 ގެ 16 ގައުމާއި އެކު "ސްކިޕްޖެކް މީޓިން 2024"، "އެމް.އެސް.އީ ވޯކްޝޮޕް" އަދި ޖީ-16 ގެ 36 ވަނަ ބައްދަލުވުމުގައިވެސް ބައިވެރިވެފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން