ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ޙަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް ޒަކާތުގެ ކަންކަން ބަލަހައްޓާ އިދާރާއިން އަދާކުރަމުންދަނީ ޢަދުލުވެރިކަމާއި އިންޞާފުންކަމާއި އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމްގެ ބަސްފުޅު:
އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އަޅުގަނޑުގެ މަޤުޞަދެއްނޫން. އަޅުގަނޑުގެ މަޤުޞަދަކަށްވީ، ޒަކާތުގެ ކަމަކާ ގުޅިގެން އެފަރާތުން ހާމަކުރި މައުލޫމާތަކީ ޙަޤީޤަތް އޮޅޭ ގޮތަށް ހާމަކުރި މައުލޫމާތަކަށްވާތީވެ، ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ޙަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުންދަނީ ޢަދުލުވެރިކަމާއި އިންޞާފުންކަމާއި އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިންކަން ކަށަވަރުކޮށްދިނުން.
ފަޤީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުޢީ ގޮތުން ޝަރުޠު ފުރިހަމަވާ ޙައްޤު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިއްބެވި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކުކަން ބުނެދިނުން. އެމީހަކު ހުށަހަޅާ ޑޮކިއުމަންޓްތަކަށް ބަލައި، ރާއްޖޭގައި ކަނޑައަޅާފައި ހުންނަ އުޞޫލުތަކުން ފަޤީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމަނާ ސަބަބު ބުނެދިނުން. އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުޢޫރަށް ނުހަނު މަތީ ދަރަޖައަށް އިޙުތިރާމްކުރަން.
އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މަޢުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މަޢާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ.
https://x.com/Mohamedshaheem1/status/1993239694654816646?t=JYYBdHLVICmRWSFuo9wYvg&s=08