ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑުބައި ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑުބައި ނިންމާލައިފި

ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކައުންސިލްތަކާ ގުޅިގެންނެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގެ ގޭބިސީތަކުގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކައުންސިލްތަކުން ކުރަމުންދާ ކަމަށެވެ. އަދި އެ މަޢުލޫމާތައް އެއްކުރުމަށްފަހު އެ ވުޒާރާއަށް އަންގަމުންދާ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މިހާތަނަށް މަޢުލޫމާތު އެއްކުުރުމުގެ މަސައްކަތުގެ %80 ނިމިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ހަދިޔާ ދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގެ ގޭބިސީތަކުގެ ޢަދަދު އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި މަސައްކަތް ނިމުމާއެކު، ރޯދަމަހަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ރައްޔިތުންނަށް މި ހަދިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުގެ މި ނިންމެވުމަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެކެވެ.

މިއަދު އޮންލައިން