އަތޮޅު ކައުންސިލް އުވާލަން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަތޮޅު ކައުންސިލް އުވާލަން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙު މަޖިލީހުން ފާސްކޮށްފި

އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މި އިސްލާޙު ފާސްކުރަން ފެންނަ ކަމަށް 75 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް 12 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން މިހާރު ވަނީ ޤާނޫނު އަސާސީގެ އިތުރުން ދެ ޤާނޫނަކަށް އިސްލާޙު ގެނައުމަށް ވެސް ހުށަހަޅައިފައެވެ. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނެވެ. މި ބިލް ފާސްވުމާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހިންގުމަށް މުހިންމު ބަދަލުތަކެއް އަންނާނެއެވެ.

ޤާނޫނު އަސާސީގެ އިސްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ނަމަވެސް، މިހާރު އިންތިހާބުވެފައިވާ އަތޮޅު ކައުންސިލްތަކުގެ ދައުރު ނިމެންދެން އެ ކައުންސިލްތައް ދެމި އޮންނާނެ ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.

މިއީ އިދާރީ ކަންކަން ހުއްޓުމަކަށް ނާންނާނެހެން ބަދަލުތައް ގެނައުމަށް ހަމަޖައްސާފައިވާ އުސޫލެކެވެ.

 

މިއަދު އޮންލައިން