މިސަރުކާރުން 200 ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިސަރުކާރުން 200 ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކޮށްފި

މި ސަރުކާރުން ވަނީ 200 ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް (އެސް.އައި.ޑީ) ދޫކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ދިވެހި ސީމަނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.

ވުޒާރާއިން ފާއިތުވި ދެ އަހަރުގެ ކާމިޔާބީތައް ހިމަނައި ނެރެފައިވާ ޚާއްސަ ފޮތެއްގައި ބުނެފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން އައި.އެލް.އޯގެ މެރިޓައިމް ލޭބަރ ކޮންވެންޝަނުން ސީމަނުންނަށް ދޫކުރުން ލާޒިމްކުރާ އެސް.އައި.ޑީ، 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދިވެހި ސީމަނުންނަށް ދޫކޮށްފައިނުވާ ކަމަށެވެ. މިކަމުގެ ސަބަބުން މި ސިނާޢަތުގައި މަސައްކަތް ކުރާ ގިނަ ދިވެހިންނަށް ބޯޓު ދަތުރުކުރާ ލައިނަރތަކުގެ ވަޒީފާތަކަށް ދިއުމުގެ ފުރުޞަތު ގެއްލިފައި އޮތް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމަކާއެކު މި މައްސަލައަށް ވަނީ ހައްލެއް ހޯދާފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިވެހި ސީމަނުންނަށް އައި.އެމް.އޯއާއި އައި.އެލް.އޯ ޤަބޫލުކުރާ ފެންވަރުގެ އެސް.އައި.ޑީ ދޫކުރަން ވަނީ ފަށާފައެވެ. މިހާތަނަށް ޖުމްލަ 200 ސީމަނުންނަށް މި ޑޮކިއުމަންޓް ދޫކޮށްފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެސް.އައި.ޑީ ދޫކުރަން ފެށުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައް ހުޅުވި، މި ދާއިރާގައި ކުރިއެރުން ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން