ޓެކްސީ ދަފްތަރުގެ ޑްރައިވަރުންނަށް ގެދޮރުވެރިކަމުގެ މަޝްރޫޢަށް ކުރިމަތިލެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޓެކްސީ ދަފްތަރުގެ ޑްރައިވަރުންނަށް ގެދޮރުވެރިކަމުގެ މަޝްރޫޢަށް ކުރިމަތިލެވޭނެ: ރައީސް

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާ ޑްރައިވަރުންނަށް ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޓެކްސީ ޑްރައިވަރުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ވަޢުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންނަށް އެކި ހައްލުތައް ގެނެސްދެއްވުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ. އެގޮތުން، ޓެކްސީ ޑްރައިވަރުން ދަފްތަރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް އެކި ކަހަލަ ހައްލުތައް ގެނެސްދިނުމަކީ އެމަނިކުފާނުގެ ވަޢުދެއްކަމަށާއި، އެ ވަޢުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް މިހާރު ހުޅުވާލާފައިވާކަމަށެވެ. "ޓެކްސީ ޑްރައިވަރުންނަށް އެކި ކަހަލަ ހައްލުތައް ގެނެސްދިނުމަކީ އަޅުގަނޑުގެ ވަޢުދެއްވީމަ، އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް މިހާރު ވަނީ ހުޅުވާލާފައި." ރައީސް ވިދާޅުވިއެވެ.

މި ދަފްތަރަކީ ޤާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ދަފްތަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ލިބޭނެ އެއް ފުރުސަތަކީ ގެދޮރުވެރިކަމުގެ (ހައުސިންގ) ސްކީމްތަކަށް އެޕްލައި ކުރުމުގެ ފުރުސަތުކަމަށެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުން މި ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާކަމަށްވެސް ރައީސް ޑރ. މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން، ޓެކްސީ ޑްރައިވަރުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މިކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން