އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އީކޭވައިސީ (އިލެކްޓްރޯނިކް ނޯ ޔުއަރ ކަސްޓަމަރ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވާރލްޑް ކޮންގްރެސްގައި ދައްކާލައިފިއެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއަހި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ.
މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދެ އެވެ.
ކަސްޓަމަރުން ތަޖުރިބާ
• ފާސްޓް އޮންބޯޑިންގ: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން
• އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވެ އެވެ
• ފްރޯޑް މަދުވުން: ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ
• ފަސޭހަ ވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން
އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ ހަރުދަނާކުރުން
އޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނިފައިވެއެވެ..
· ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުން
· އޭ.އައި އޯ.ސީ.އާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުން
· އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް
· ފޭސް ޓު އައިޑީ މެޗުކުރުން އާއި ޑޭޓާބޭސް ޗެކްކުރުން
· ކޮންފިޑެންސް ތްރެޝްހޯލްޑް އެޕްރޫވަލް ލިބުމާއެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުން
10 ސިކުންތުގެ ތެރޭގައި ނިންމާލެވޭ މި ޕްރޮސެސް އާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޑިޖިޓަލް، ޕޭޕަރލެސް އަދި ސީމްލެސް އޮންބޯޑިން އެކްސްޕީރިއަންސް އެއް ލިބިގެންދާނެއެވެ
އުރީދޫގެ ސީއީއޯ އަދި އެމްޑީ، ޚާލިދު އަލް ހަމާދީ ވިދާޅުވީ "ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލެވެ. ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން." ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ. ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާ އެކު، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ދަނީ މަސައްކަތްކުރަމުންނެވެ.