އާރްޓީއެލް ފެރީގެ ހިދުމަތް ނ.އަތޮޅާއި ރ.އަތޮޅާ ދެމެދު 30 ނޮވެމްބަރ ގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
އާރްޓީއެލް ފެރީގެ ހިދުމަތް ނ.އަތޮޅާއި ރ.އަތޮޅާ ދެމެދު 30 ނޮވެމްބަރ ގައި ފަށަނީ

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު 30 ނޮވެމްބަރ 2025 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މި ޚިދުމަތް ފެށުމާއެކު މި ދެ އަތޮޅުގެ މައި ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ނ. މަނަދޫއާއި ރ. އުނގޫފާރު ވަނީ އާރްޓީއެލްގެ ވިއުގައަށް ގުޅިފައެވެ.

މި މަޝްރޫޢުގެ ދަށުން މި ދެ އަތޮޅު ގުޅުވާލުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. މި ޚިދުމަތް ފެށިގެން ދިއުމާއެކު ރ. އަތޮޅާއި ނ. އަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެކަމަށް ކުންފުނިން ބުނެއެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ލުއިފަސޭހަ ގޮތްތަކެއް ފަހިވެ، ރަށްރަށުގެ ގުޅުން ބަދަހިވެގެންދާނެއެވ.ެ

އާރްޓީއެލް ޚިދުމަތުގެ ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ކުންފުނިން ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް ބޭނުންކުރެވޭނެއެވެ. މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯތައް އާރްޓީއެލްގެ ޔޫޓިއުބް ޗެނަލާއި މީސް މީޑިއާ މަންސަތަކުގައި ޝާޢިޢުކޮށްފައިވެއެވެ.

މި ޚިދުމަތަކީ އަގުނަގައިގެން ދޭ ޚިދުމަތެއް ނަމަވެސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ފެރީގެ 2 ސީޓު ހާއްސަކޮށް، ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއީ ދަތުރުފަތުރުގެ ޚިދުމަތް ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

މި ޚިދުމަތް ފެށުމާއެކު، އާރްޓީއެލް ޚިދުމަތް މިހާރު ޖުމްލަ 12 އަތޮޅެއްގައި ދެމުން އަންނާނެއެވ.ެ އެއީ ޒޯން 1 ގެ ހއ، ހދ، ށ. އާއި، ޒޯން 2 ގެ ނ، ރ، ބ، ޅ. އާއި، ޒޯން 4 ގެ ތ. އާއި، ޒޯން 5 ގެ ގއ، ގދ. އަދި ޒޯން 6 ގެ ޏ، ސ. އަތޮޅުތަކެވ.ެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ 8 އަތޮޅުގައިވެސް އާރްޓީއެލް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ކުންފުނިން ވަނީ ހާމަކޮށްފައެވ.ެ

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ މައިގަނޑު މަޤްޞަދެކެވެ. ޚިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވ.ެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހޮޓްލައިން 1650 އަށް ގުޅުއްވުން އެދިފައިވެއެވެ.

މިއަދު އޮންލައިން