ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް އުރީދޫއިން ހިލޭ ގުޅާލެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 30ސ
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް އުރީދޫއިން ހިލޭ ގުޅާލެވޭނެ!

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން 24 ގަޑިއިރު ހިލޭ ލަންކާއަށް ކޯލް ކުރުމުގެ ފުރުސަތު ދީފިއެވެ. މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ ކަސްޓަމަރުންނަށް ސްރީ ލަންކާއަށް ގުޅޭނެ އެވެ..

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުމެވެ.

 

މިއަދު އޮންލައިން