ދިއްދޫ އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދިއްދޫ އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އަލަށް ތަރައްޤީކުރެވުނު އިސްލާމީ ކުތުބުޚާނާ މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކޮށް، އިސްލާމީ މަރުކަޒުތަކަށް ދިރުން ގެނެސްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސަޢުދާންއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދުވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ދިއްދޫ އިސްލާމީ ކުތުބުޚާނާގައި ދިވެހި ބަހާއި، އިނގިރޭސި ބަސް އަދި ޢަރަބި ބަހުން ލިޔެފައިވާ ތަފާތު އެކި ފޮތްތައް ބެހެއްޓިފައިވެއެވެ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޙާނާ ތަރައްޤީކޮށްފައިވަނީ ޒަމާނީ ވަސީލަތްތައްވެސް ހިމެނޭ ގޮތަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިއަދު އޮންލައިން