ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ދަންނަވައިފި

‏ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް ރަައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

އެމަނިިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ނިންމައި، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާކަމަށެވެ.

‏ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށްކަމަށާއި މިގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި ރަމަޟާންމަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެކަމަށެވެ. މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތެއްވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެެސް ޑިސެންބަރު މަހު ފެށިގެންދާނެކަމަށް ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

‏ރައީސް އިތުރަށް ވިދާޅުވީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުންކަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދަށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ދިއްދޫ އިސްލާމީ މަރުކަޒަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޤުރުއާން މަރުކަޒަކާއި އިސްލާމީ ކުތުބުޚާނާއެއް ހިމެނޭ ގޮތަށް ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒެކެވެ.

މިއަދު އޮންލައިން