އިސްލާމީ މަރުކަޒަކީ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރުފަތުރާ ޢިލްމީ މުހިއްމު މަރުކަޒެއް: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އިސްލާމީ މަރުކަޒަކީ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރުފަތުރާ ޢިލްމީ މުހިއްމު މަރުކަޒެއް: ޑރ.ޝަހީމް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރާ އިސްލާމީ މަރުކަޒަކީ އެ ރަށުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރު އެތަނުން ފަތުރާ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ހއ. ދިއްދޫގައި ތަރައްޤީ ކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، މި އިސްލާމީ މަރުކަޒަކީ ދިއްދޫގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިސްލާމީ ނޫރު ފަތުރާނެ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި މަރުކަޒުގެ ފައިދާ ދިއްދޫގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ޢިލްމާއި ނޫރު ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވާކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، މިފަދަ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ޚާއްސަ އިސްކަމެއް ދެއްވަނީ އެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ޑރ. ޝަހީމް ވިދާޅުވީ: "ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ މިހެން ހުރި މަޝްރޫޢުތައް ނިންމުމަށް. މިތަންތަނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މިތަންތަން ނިންމުމުގެ ބެނުމަކީ މިތަންތަން މެދުވެރިކޮށް އިސްލާމީ ޢިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން."

އިސްލާމީ މަރުކަޒުތަކުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަރުކަޒުގައި ތަރައްޤީކޮށްފައިވާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ޚާއްސަ ޕްރޮގްރާމްތައް ގެންދާނެ ކަމަށެވެ. މީގެ އިތުރުން، އިމާމުން ތަމްރީންކުރުން ފަދަ އެކި ޕްރޮގްރާމްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވެސް ކުރިއަށްގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މިފަދަ މަރުކަޒުތައް ހުޅުވުމަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

މިއަދު އޮންލައިން