އިތުރު ޑްރެޖަރެއް ގެނެސް ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އިތުރު ޑްރެޖަރެއް ގެނެސް ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސްކޮށްފި

ހުޅުމާޅޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން، އިތުރު ޑްރެޖަރެއް ގެނެސް ބިންހިއްކުމުގެ މަސައްކަތް  އަވަސްކޮށްފައެވެ. މިހާރު ދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މި މަޝްރޫޢަކީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައެވެ. މިހާތަނަށް މި މަޝްރޫއުގެ ދަށުން ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ހުޅުމާޅޭ ފޭސް 3 ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން، ރާއްޖެ އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި މަހު 25 ވަނަ ދުވަހު އެކްސް ޕޯސްޓެއްގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޑްރެޖަރ ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެންގެ އިތުރުން މިހާރު ފޭސް 3 ގައި މޮބިލައިޒްކޮށްފައިވާ ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރު ވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރެވޭނެއެވެ. ރައީސް މުޢިއްޒު ވަނީ މި މަހު 10 ވަނަ ދުވަހު މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

މަސައްކަތުގެ ސްޕީޑް އިތުރުކުރުމަށް ބޭނުންކުރާ ދެ ޑްރެޖަރު ދުވާލަކު ތިން ބުރު ޖަހާނެއެވެ. ކޮންމެ ބޯޓަކުން ދުވާލަކު 63,000 ސީބީއެމްގެ ވެލި އަޅާނެއެވެ. އެހެންކަމުން ދެ ބޯޓުން ޖުމްލަ 126,000 ސީބީއެލްގެ ވެލި އަޅާނެއެވެ. މި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ފެބްރުއަރީ މަހަށް ނިންމާލެވޭނެ ކަމަށް ވަނީ އުއްމީދު ކުރެވިފައެވެ.

މިއަދު އޮންލައިން