ރައީސް ޑރ.މުޢިއްޒުގެ ސިއްހީ ސިޔާސަތަކީ މިހާތަނަށް ވެރިޔަކު ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތު: ސިއްޙީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރައީސް ޑރ.މުޢިއްޒުގެ ސިއްހީ ސިޔާސަތަކީ މިހާތަނަށް ވެރިޔަކު ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތު: ސިއްޙީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްހީ ސިޔާސަތަކީ މިހާތަނަށް ވެރިޔަކު ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތު ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުވާލައްވަމުންނެވެ.

ސިއްޙީ ވަޒީރު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ ސިއްޙީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ މިހާތަނަށް ވެރިޔަކު ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތުކަމަށެވެ.

ވަޒީރު ނާޠިމް އިބްރާހިމް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުންވެސް ސިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެއީ ސިއްޙީ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް މުހިންމު އަސާސީ ޚިދުމަތަކަށް ވާތީ ކަމަށެވެ. ނަމަވެސް މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާކަން ޔަޤީންކަމާއެކު ދަންނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ، ހަމަ އެންމެ ސޮލިޑް ސިޔާސަތު."

މި ރަސްމިއްޔާތުގެ ތެރެއިން ހޮޅުދޫ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާ އަދި ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ތަފާތު އެވޯޑުތައް ވަނީ ދެއްވާފައެވެ. ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.

މިއަދު އޮންލައިން