ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް: މެޓް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް: މެޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މި ވިއްސާރައަކީ ރާއްޖެއާ ކައިރިން ދެ ސަރަޙައްދެއްގައި އުފެދިފައިވާ ތޫފާންތަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެލޭޝިއާ ސަރަޙައްދުގައާއި ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާންތަކާއެކު މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ދެ ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެފައިވެއެވެ.

މެޓް އޮފީހުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މެލޭޝިއާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު މިހާރު ވަނީ ދަށްވެފައެވެ. އަދި ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށް ވެސް މެޓުން ވިދާޅުވެއެވެ. ނަމަވެސް، މި ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތްތައް ރާއްޖޭގެ ސަރަޙައްދަށް އަރަމުންދާތީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި، މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ އަތޮޅުތަކަށެވެ. އެހެންކަމުން، މި ސަރަޙައްދުތަކުގެ ރައްޔިތުންނާއި، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

މިއަދު އޮންލައިން