ހުޅުމާލެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ހުޅުމާލެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ!

ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިރިހެނެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ރިޕޯޓު ކުރުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ބަލަންޖެހޭ ކަންކަން ބަލަން ފަށާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު 12:14 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މަރުވެފައި އޮއްވާ ފެނުނު މީހަކީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިއަދު އޮންލައިން