އަވަައްޓެރި ގައުމުތަކާއެކު މި ސަރުކާރުން ގާއިމުކޮށްފަައިވާ ހާރިޖީ ގުޅުމުގެ ވަރުގަދަކަން ދޭހަވޭ: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
އަވަައްޓެރި ގައުމުތަކާއެކު މި ސަރުކާރުން ގާއިމުކޮށްފަައިވާ ހާރިޖީ ގުޅުމުގެ ވަރުގަދަކަން ދޭހަވޭ: އަބްދުއްރަހީމް

އަވަށްޓެރި ގައުމުތަކާއެކު މި ސަރުކާރުން ގާއިމުކޮށްފައިވާ ހާރިޖީ ގުޅުމުގެ ވަރުގަދަކަން ދޭހަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ސްރީ ލަންކާއަށް ދިމާވި ކާރިސާއެއްގައި ރާއްޖެއިން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް މިހެންވިދާޅުވީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް 300،000 ރުފިޔާ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ލަންކާއަށް އެންމެ ފުރަތަމަ އެހީތެރިވި ގައުމަކީ ރާއްޖެކަމަށެވެ. އެކަމުން ދޭހަވަނީ އަވަައްޓެރި ގައުމުތަކާއެކު މި ސަރުކާރުން ބާއްވާ ގާތް ގުޅުމާއި، ހާރިޖީ ސިޔާސަތުގެ ވަރުގަދަކަމެވެ. އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އަބަދުވެސް އަވަށްޓެރި ގައުމުތަކަށް އިސްކަންދެވޭނެ ކަމަށެވެ. މިފަދަ ކާރިސާތަކުގައި އިސްނަގައިގެން އެހީތެރިވުމަކީ ދެމެހެއްޓެނިވި ގުޅުންތަކަށް ވަރަށް މުހިންމު ކަމެކެވެ.

ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަމަށް އަބްދުއްރަހީމް އަލިއަޅުއްވާލެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ ވަރަށް ގާތް، އަދި ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ގައުމެކެވެ. މީގެ އިތުރުން، އެއް ގައުމެއްގެ ރައްޔިތުން އެންމެ ގިނައިން ރާއްޖޭގައި ދިރިއުޅޭ އެއް ގައުމަކީވެސް ލަންކާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްރީ ލަންކާއަށް ދިމާވި ހިތާމަވެރި ކާރިސާގައި ރާއްޖެއިން އަވަހަށް އެހީތެރިވުމަކީ ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ސިފަކުރައްވާފައެވެ. 

"މި ހުރިހާ ގޮތަކަށް ބަލާއިރު، ސްރީ ލަަންކާ އާއި ރާއްޖެއާ މިއީ ވަރަށް ގާތް އެއްބަނޑު އެއްބަފާ ގުޅުމެއް ޒަމާނުއްސުރެ އުފެދިފައި އޮތް ދެ ގައުމު. ލަންކާއަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާއި އެކީގައި އެންމެ ފުރަތަމަ އިސްކަމެއް ނެންނެގި ގައުމެއްގެ ގޮތުގައި މި ފާހަގަވަނީ ރާއްޖެ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ލަންކާއިން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއަށް އެދުމުގެ ކުރިންވެސް ރާއްޖެއިން އިސްނެގިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން