ރ. މީދޫގައި 450.45 ކިލޯވޮޓްޕީގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމެއް ޤާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރ. މީދޫގައި 450.45 ކިލޯވޮޓްޕީގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމެއް ޤާއިމުކޮށްފި

ރ. މީދޫގައި، 450.45 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމަކާއި، 516.09 ކިލޯވޮޓް-ގަޑީގެ (kWh) ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ނިޒާމް ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، ކޮންމެ އަހަރަކު 211,389 ލިޓަރުގެ ޑީޒަލް ބޭނުންކުރުން ކުޑަވެ، 518 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO2) ވައިރަސްއަށް ބޭރުވުން ހުއްޓުވޭނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ %33 އަކީ އީ.އާރް (ރީނިއުވަބަލް އެނަރޖީ) އިން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރ. މީދޫގައި މިހާރު ކުރިއަށްދާ މި މަސައްކަތުގެ ސަބަބުން ރަށުގެ ކަރަންޓުގެ ބޭނުންތަކަށް ޑީޒަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ދަށްވެގެންދާނެއެވެ.

ޑީޒަލްގެ ބޭނުން ކުޑަކުރުމަކީ ތިމާވެއްޓަށް ކާބަން ޑައިއޮކްސައިޑްގެ ގެއްލުންދޭ މިންވަރު މަދުކުރުމުގެ އިތުރުން، ދައުލަތަށް ޑީޒަލް ގަތުމަށް ކުރާ ހަރަދުގައި ބޮޑު ކުޑަވުމެއް ވެސް ގެނުވާނެ ކަމެކެވެ. މި ސިސްޓަމްގައި ހިމެނޭ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އަކީ ދުވާލު ހަދާ ސޯލާ ކަރަންޓު ރައްކާކޮށް، ރޭގަނޑު އަދި ސޯލާ ކަރަންޓު ނުލިބޭ ގަޑިތަކުގައި ވެސް ކަރަންޓު ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ނިޒާމެކެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ރާއްޖެ ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން