ސިލޯނަށް އެހީވުމަށް ސްޓެލްކޯގެ މުވައްޒިފުންގެ ފަރާތުން ދެލައްކަ ފަންސާސްހާސް ރުފިޔާ ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ސިލޯނަށް އެހީވުމަށް ސްޓެލްކޯގެ މުވައްޒިފުންގެ ފަރާތުން ދެލައްކަ ފަންސާސްހާސް ރުފިޔާ ހަދިޔާކޮށްފި

ސިލޯނަށް އެހީވުމަށް ޕީއެސްއެމުން އިސްނަގައިގެން ގިނަ މީޑިއާތަކެއް ގުޅިގެން ފައިސާ އެއްކުރަން ހިންގާ ޙަރަކާތަށް ސްޓެލްކޯގެ މުވައްޒިފުންގެފަރާތުން ދެލައްކަ ފަންސާސްހާސް ރުފިޔާ ހަދިޔާކޮށްފިއެވެ. މީގެ އިތުރުން ސްޓެލްކޯގެ ބޭރުގައި ބެހެއްޓި ފަންޑުފޮށްޓަށްވެސް ސްޓެލްކޯގެ ގިނަ ޢަދަދެއްގެ މުވައްޒިފުން ވަނީ ފައިށާ އަޅައިފައެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ ޠޫފާނުގެ ސަބަބުން ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ބައަކު ޙާލުގައިޖެހިފައިވާތީ ހިތާމަކުރާކަމަށާއި އެމީހުންނަށްޓަކައި ހެޔޮދުޢާކުރާކަމަށެވެ. އަދި މިފައިސާއަކީ އެމީހުންނަށް އެހީތެރިވުމުގެ ގޮތުން ކުރި ހަދިޔާއެއް ކަމަށެވެ. 

ސްޓެލްކޯއަކީ މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރެވެއެވެ. 

ސިލޯނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ މިޙަރަކާތަށް ލިބެމުން އަންނަ ތަރުޙީބް ބޮޑުވެ މިހާރުވަނީ މާދަމާ، (1 ޑިސެމްބަރު) ގެ މެންދުރު 1 ޖެހުމާއި ހަމައަށް ވަޤުތު އިތުރުކޮށްފައެވެ. 

 

މިއަދު އޮންލައިން