"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެމްޓީސީސީން އެއްލައްކަ ރުފިޔާގެ އެހީދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެމްޓީސީސީން އެއްލައްކަ ރުފިޔާގެ އެހީދީފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެއްލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިވެހި ރައްޔިތުންގެ ފަރާތުން ލަންކާއަށް ފޯރުކޮށްދޭ މި އެހީތެރިކަން ވަނީ ގިނަ ބަޔެއްގެ ތަރުހީބު ހޯދާފައެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯނަށް އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އެމްޓީސީސީން މިފަދަ ބޮޑު އެހީއެއް ފޯރުކޮށްދިނުމަކީ، ކުންފުނީގެ އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެކެވެ.

މިއަދު އޮންލައިން