އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

ބ. އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، އެ މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ. މުޙައްމަދު ޢަލީ (ބ. އޭދަފުށި، ޑޭޒީވިލާ) އަވަހާރަވީ އިއްޔެއެވެ.

ރައީސް މުޢިއްޒު މި ތަޢުޒިޔާ ދަންނަވާފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވަނީ މަރުޙޫމް މުޙައްމަދު ޢަލީއަކީ ބ. އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވިއެވެ: "ބ.އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ބޭފުޅެއް ކަމުގައިވާ، އެ ރަށު ޑޭޒީވިލާ، މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން."

ރައީސްގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، މަރުޙޫމް މުޙައްމަދު ޢަލީ ވަނީ ބ. އޭދަފުށީގެ ތަރައްޤީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް، އަދި އިޖްތިމާޢީ ކަންކަމަށް ވަރަށް ބޮޑަށް ޚިދުމަތް ކުރައްވާފައެވެ. ވަކީން ޚާއްޞަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް މަރުޙޫމް ވަނީ ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް މުޙައްމަދު ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އެ މަނިކުފާނުގެ ދުޢާގައި ވިދާޅުވެފައިވެއެވެ: "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރްޙޫމް މުޙައްމަދު ޢަލީ ލަހައްޓަވާށި. އާމީން."

މިއަދު އޮންލައިން