"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އައިއޭސީން 5 ލައްކަ ރުފިޔާގެ އެހީ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އައިއޭސީން 5 ލައްކަ ރުފިޔާގެ އެހީ ދީފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބޮޑު އެހީއެއް ފޯރުކޮށްދީފިއެވެ. އައިއޭސީން ވަނީ މި ޓެލެތޯނަށް ފަސް ލައްކަ (500,000) ރުފިޔާގެ އެހީއެއް ހަދިޔާކޮށްފައެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ މި ޓެލެތޯނަށް އައިއޭސީއިން ހަދިޔާ ކުރި 5 ލައްކަ ރުފިޔާއަކީ، މިހާތަނަށް މި ޓެލެތޯންގެ ތެރެއިން ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. މި އެހީއަކީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލަންކާއަށް ދެވޭ އެހީތެރިކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މި ޓެލެތޯނަށް ލިބުނު ދެވަނައަށް އެންމެ ބޮޑު އެހީއެއް ހަދިޔާކުރީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުންނެވެ. އެއީ 300،000 ރުފިޔާއެވެ. މި ޓެލެތޯން ފެށިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. އަދި މި ޓެލެތޯން ކުރިއަށްދާނީ ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯންގެ މަޤްޞަދަކީ މިހާރު ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ކާރިސާއާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އެހީ ހޯދުމެވެ. މި ޓެލެތޯނަށް އިތުރު އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން