ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ތ.ގުރައިދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މި ޚިދުމަތް ފެށުމަކީ މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ތ.ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލިޔެކިޔުންތައް ހޯދުމަށް ފަސޭހަ މަގެއް ހޯދައިދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

ގުރައިދޫގައި މި ޚިދުމަތް ފެށުމާއެކު، ތ.އަތޮޅުގެ ތިން ރަށަކުން މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، ގުރައިދޫގެ އިތުރުން ތ.އަތޮޅުގެ ވިލުފުއްޓާއި ވޭމަންޑޫ ހިމެނޭހެން ޖުމްލަ 3 ރަށަކުން މި ޚިދުމަތް ލިބޭނެއެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައެކެވެ.

މި ޚިދުމަތްތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަޤްޞަދަކީ މާލެއަށް އަންނަން ނުޖެހި، ދިރިއުޅޭ ރަށާ އެންމެ ކައިރިން ޕާސްޕޯޓުގެ ކަންކަން ނިންމާލެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އިމިގްރޭޝަނުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން