ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި ދިވެހިންނަކީ އެހީތެރިކަމުގައި ނަމޫނާ ދައްކާ ބައެއް: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި ދިވެހިންނަކީ އެހީތެރިކަމުގައި ނަމޫނާ ދައްކާ ބައެއް: ވަޒީރު އިޙްސާން

ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި ދިވެހިންނަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެންވިދާޅުވީ ސްރީލަންކާއަށް ކުރިމަތިވި ބޮޑު ކާރިސާގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީވުމަށް ހިންގި "ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާ ބައިނަލްއަޤުވާމީ ގޮތުން ގާތް ގުޅުން ބާއްވާ ޤައުމުތަކަށް ދިމާވާ ދަތި ޙާލަތްތަކުގައި ދިވެހިންގެ ފަރާތުން ފެންނަ އެހީތެރިކަމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް އޮތް ނަމޫނާއެކެވެ. އެގޮތުން ލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބޮޑު އެހީތެރިކަމެއް މިފަހަރުވެސް ދިވެހިން ވެދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިންގެ ހިތްތިރިކަން ވަޒީރު އިޙްސާން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިއެވެ. "ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި ލަންކާ މީހުން އުޅޭ ޓީޗަރުންނާއި އެކައުންޓެންޓުން އުޅޭ. ދިމާވާ މި ދަތީގައި އެހީތެރިކަމެއް މި ފޯރުކޮށްދެނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ޢާއިލާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަދައިން."

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ޓެލެތޯންއަށް 11 މިލިޔަން ދިވެހި ރުފިޔާ އާއި 43681 ޑޮލަރުގެ އެހީތެރިކަން ލިބިފައިވެއެވެ. މި އަދަދުތަކުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެހީތެރިވުމުގެ ރޫޙެވެ.

މިއަދު އޮންލައިން