އިސްމާއިލް ޝައިހާން މުހައްމަދަކީ އުމުރުން 13 އަހަރުން ފެށިގެން ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. 2014 ވަނަ އަހަރު ލޭމައްޗަށް ގޮސް ބޭސްކުރަން ފެށިއިރު، ނޭފަތުންނާއި ކިޑްނީއިން ލޭއައުން ފަދަ މައްސަލަތައް ދިމާވިއެވެ. 2015 ވަނަ އަހަރު އަނގައިގެ ކެންސަރު ޖެހި، ރޭޑިއޭޝަން ދިނުމުގެ ސަބަބުން ކާން ބުއިމަށް ދަތިވެ، ނޭފަތަށް ހޮޅި ގުޅައިގެން ކާންޖެހުނެވެ. މިކަމުގެ ސަބަބުން ވަސްނުދުވާ ކަމަށާއި ތައިރޮއިޑް ހަލާކުވެފައިވާ ކަމަށް އޭނާ ބުނެއެވެ. 2016 ވަނަ އަހަރުން ފެށިގެން ދިފާއީ ނިޒާމް ހަލާކުކޮށްލާ ބެޗެޓްސް ޑިޒީޒްއާއި، ހަކުރު ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު، 2022 ވަނަ އަހަރުން މަޔަސްތީނިއާ ގްރެވިސްއަށް ވެސް ފަރުވާ ހޯދައެވެ. ގިނަ ބޭސްތައް ކާންޖެހުމުގެ ސަބަބުން އޭނާގެ ހަނދާނުގައި ވެސް މިހާރު މައްސަލަ އުޅެއެވެ.
ޝައިހާންގެ އުމުރުން 5 އަހަރުން ފެށިގެން ހިތުގެ މައްސަލަ ހުރި ނަމަވެސް، 13 އަހަރުގައި ލޭމައްޗަށް ދާން ފެށުމުން މިކަން ގޯސްވެ، 2015 ވަނަ އަހަރު ލަންކާގައި އޭނާގެ ހިތް ހުއްޓުނު ކަމަށް އޭނާ ކިޔައިދެއެވެ. ފަހަކަށް އައިސް ހިތުގެ ވިންދު އަވަސްވެ، ކޮޅަށް ނުހުރެވުން ފަދަ ކަންކަން ދިމާވާތީ ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކުމުން ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅޭކަން ފާހަގަކުރިއެވެ. ޑޮކްޓަރުން ޝައްކުކުރަނީ ހިތުގައި އިތުރު ނާރެއް އިންކަމަށެވެ. 2023 ވަނަ އަހަރު އަމްރިތާ ހޮސްޕިޓަލުން ހޯލްޓާ ހެދުމުން މިކަން ކަށަވަރުވެ، ހިތުގެ ވިންދު އަވަސްވަނީ މިނާރުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. ބޭހުން ކޮންޓްރޯލް ނުވަންޏާ މި ނާރު އަންދާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެ ނާރު ހިތާއި ކައިރީގައި ހުރުމުން އަންދާލަން ވަރަށް އުދަގޫވާނެއެވެ.


މިދިޔަ ރޯދަމަހު ހިތުގެ ވިންދު އަނެއްކާ ވެސް އާދަޔާ ހިލާފަށް ދަށްވެ ހާލު ދެރަވުމުން އަމިއްލަ ގޮތުން ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދިއެވެ. މިހާރު ޑޮކްޓަރުން އިރުޝާދު ދީފައިވަނީ އީޕީ ސްޓަޑީއެއް ހަދައި، ހިތުގެ ކައިރީގައިވާ އިތުރު ނާރު އަންދާލުމަށެވެ. އެހެންކަމުން އިންޑިއާގެ ކިމްސް ހޮސްޕިޓަލުން އޮޕަރޭޝަނެއްކޮށް އެ ނާރު ވަނީ އަންދާލާފައެވެ.
އެހިސާބުންވެސް ޝައިހާންގެ ބައްޔަށް މުޅިއެއްކޮށް ޝިފާއެއް ލިބުނީކީއެއް ނޫނެވެ. އެންމެ ފަހުން އިންޑިއާއަށް ގޮސް ހުއްޓާ ގަދަޔަށް ހުންއައިސް ހުން މައިތިރިނުވެގެން ހޮސްޕިޓަލަށް ދެއްކުމުން ޕެޓް ސްކޭނެއް ހެދުމަށް ލަފާދިނެވެ. އެ ސްކޭން ހެދުމަށްފަހު ރާޖަގިރީގެ ސާޖަރީ ޑޮކްޓަރަކަށް ދައްކާލީ ބޮޑުކަމުދާއިރު ދިލަނަގާތީއެވެ. ސްކޭނުން ދައްކާގޮތުގައި އޭނާގެ އުކުޅުވަޅު ކައިރީގައި ވަރަށް ބޮޑަށް ގަޑުލާފައި ހުރިކަން ފާހަގަވިއެވެ. އެހެންކަމުން އެ ގަޑުތައް ނަގަން ކުރާ އޮޕަރޭޝަން ކުރަން ޑޮކްޓަރުން ބުންޏެވެ. އާސަންދައިން ބޭސްފަރުވާ ކުރެވުނު ނަމަވެސް އާސަންދަ ކަވާ ނުކުރާ ބޭސްތަކަށާއި ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަން ޖެހި އަދި އެކުގައި ދިޔަ އެހީތެރިޔާއަކީ ވަޒީފާއެއްގައި އުޅޭ ފަރާތަކަށްވާތީ މާގިނަ ދުވަހު އިނޑިއާގައި ތިބެވެން ނެތުމުން އެނބުރި ރާއްޖެ އައީއެވެ.


ރާއްޖެ އައިފަހުންވެސް ޝައިހާންގެ ހާލަތު އިތުރަށް ގޯސްވެ ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ. ޝައިހާންގެ ބޭހަކީ ރާއްޖެއިން ލިބޭ ބޭހަކަށް ނުވާތީއާ އެ ބޭހަކީ އެހާ އަގުބޮޑު ބޭހަކަށްވުމުން ބޭސް ހޯދުމުގައި އެތައް ތަކުލީފު އުފުލަން ޖެހުނެވެ. އަދި ގިނަ ބޭސްތައް ރާއްޖެއިން ނުލިބޭތީއާ ގެންނަން އެހާ ދުވަސް ނަގާތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޓްރީޓޮޕުންވެސް ވަނީ ލަފާދީފައެވެ.
ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް އަހަރަކު އެތައް ފަހަރަކު ރާއްޖެއިން ބޭރަށް ދާން ޖެހުމުގެ ސަބަބުން އޭނާގެ އާއިލާއަށް މާލީ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، މިފަހަރުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އާންމުންގެ ދީލަތި އެހީއަށް ޝައިހާން އެދެއެވެ. އެމްއެންޔޫގައި ތައުލީމު ހާސިލުކުރަމުންދާ ޝައިހާން ބޭނުންވަނީ ކޮލެޖްގެ ޗުއްޓީގައި، ޑިސެމްބަރު 17 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާށެވެ.
ޝައިހާންއަށް އެހީވުމަށް:
ގުޅޭނެ ނަމްބަރު: 9710023 (އިސްމާއިލް ޝައިހާން މުހައްމަދު)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7730000268642 ) އިސްމައިލް ޝައިހާން މުހައްމަދު
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު ( 7730000430149 ) އިސްމައިލް ޝައިހާން މުހައްމަދު
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.