އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސަޢުދީގެ ވަފުދެއް އަތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސަޢުދީގެ ވަފުދެއް އަތުވެއްޖެ

އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ. މި ވަފުދުގެ އިސްކޮށް ހުންނެވީ ސަޢުދީގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދެވެ.

ރާއްޖޭގައި ހުންނަ ސަޢުދީ އެންބަސީން މިކަން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މި ވަފުދުގައި ޑެޕިއުޓީ މިނިސްޓަރ ސާރާ އަލް ސައީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަޢުދީގެ އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ވެސް ހިމެނެއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން އިޤްތިޞާދީ ގޮތުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

އެންބަސީން ފާހަގަކުރެއްވި ގޮތުގައި، ޑެޕިއުޓީ މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކަށް އިންވެސްޓްކުރުމުގެ މަގުތައް ހޯދުމަށް މަސައްކަތްކުރެވޭނެއެވެ.

ސަޢުދީގެ މިފަދަ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުމަށް ލިބިގެންދާނެ ފުރުޞަތެކެވެ. ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތަށް ވެސް ފައިދާވާނެ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަކީ މި ދަތުރުފުޅުގެ މުހިންމު އަސަރެކެވެ.

މިއަދު އޮންލައިން